
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގައި މިހާރު ތަޖުރިބާ ކުރަމުންދާ ފިނި މޫސުމުގައި، ބާރުފަދަ ތޫފާނެއް އަރައި، ބޮޑު ސަރަޙައްދަކަށް ކަރަންޓުގެ ޚިދުމަތް ކެނޑި، ވައިގެ ދަތުރުފަތުރަށް ބުރޫއަރައިފިއެވެ. މޫސުމާބެހޭ އިދާރާއިން ބުނީ، އެމެރިކާގެ އިރުމަތީގެ ގިނަ ސަރަޙައްދުތަކަށް ބާރުގަދަ ވަޔާއެކު ފިނިހޫނުމިން ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެ ތޫފާނުގައި ލިބުނު ގެއްލުންތަކުގައި، 200،000އަށް ވުރެ ގިނަ މީހުންނަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، 4،000އަށް ވުރެ ގިނަ ވައިގެ އުދުހުންތައް ކެންސަލް ކުރަންޖެހި، ވައިގެ އުދުހުންތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން ބުންޏެވެ.
މިއީ ތާރީޚީ ތޫފާނެއްގެ ގޮތުގައި ސިފަކުރައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ސައުތު ކެރޮލައިނާ، ނޯތު ކެރޮލައިނާ، ވަރޖީނިއާ، ޓެނަސީ، ޖޯޖިއާ، މެރިލަންޑް، އާކެންސާ، ކެންޓަކީ، ލުއީޒިއާނާ، މިސިސިޕީ، އިންޑިއާނާ އަދި ވެސްޓު ވަރިޖިނިއާ ފަދަ ސްޓޭޓުތަކުގައި ކާރިޘާގެ ޙާލަތު އިޢުލާނުކުރައްވައިފައެވެ. އަދި މައި ސަރުކާރުން، މި ޙާލަތު ގާތުން ބަލައި، އެ ސްޓޭޓުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓެކްސަސް، ލުއީޒިއާނާ، މިސިސިޕީ އަދި ޓެނަސީގައި، ކަރަންޓުގެ ޚިދުމަތް ކެނޑިގެން މިހާތަނަށް 217،000އަށް ކަސްޓަމަރުންގެ ރިޕޯޓު ލިބިފައިވާކަމަށް އިދާރާތަކުން ބުނެފައިވެއެވެ.
ތޫފާނުގެ ސަބަބުން، އިއްޔެ އެކަނިވެސް، 4،000 ވައިގެ އުދުހުންތައް ކެންސަލް ކޮށްފައިވާއިރު، މިއަދު ތާވަލުކޮށްފައިވާ އުދުހުންތަކުގެ ތެރެއިން، 9،000 ވުރެ ގިނަ އުދުހުންތައް މިހާރުވެސް ވަނީ ކެންސަލްކުރަންޖެހިފައެވެ. އެ ސަރަޙައްދުތަކުގައި އާދަޔާޚިލާފަށް ފިނިގަދަވުމުގެ ސަބަބުން، ބޭރަށް ނުކުމެ ނޫޅުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ދާޚިލީ ވުޒާރާއިން ވަނީ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
