
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ދައުލަތުގައި އަލް ޖަޒީރާ މީޑިޔާ ނެޓްވޯކްގެ މަސައްކަތްތައް ކުރުން މަނާކޮށް، އެ މީޑިޔާގެ އިދާރާތައް ބަންދުކުރަން ނިންމި ނިންމުން، އިތުރު 90 ދުވަހުގެ މުއްދަތަށް އިތުރުކޮށްފިއެވެ. ޔަހޫދީންގެ މި ނިންމުމުގެ ދަށުން އެއްވެސް ބްރޯޑްކާސްޓިންގ އަދި އިންޓަނެޓުގެ ޚިދުމަތްދޭ ކުންފުންޏަކަށް ވެސް އަދި ޔޫޓިއުބައަށް ވެސް ޔަހޫދީ ދައުލަތުގެ ތެރޭގައި އަލް ޖަޒީރާއަށް ޚިދުމަތް ދިނުން މަނާވާނެއެެވެ. 2024ވަނަ އަހަރުގެ ތެރޭގައި ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ބޭރުގެ ނޫސްތައް ޔަހޫދީ ދައުލަތުގައި މަސައްކަތްކުރުން މަނާ ކުރެވޭނެ ޤާނޫނެއް ފާސްކޮށްފައެވެ. އޭރު ޔަހޫދީން ދިޔައީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޙަމަލާތައް ދީ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ. އޭގެ ހަފްތާތަކެއް ފަހުން، 2024ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޔަހޫދީ ވަޒީރުންގެ މަޖިލީހުން ވަނީ ޔަހޫދީ ދައުލަތުގައި އަލް ޖަޒީރާއިން ޙަރަކާތްތެރިވުން މަނާކޮށްފައެވެ. އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔަހޫދީ ސިފައިން ވަނީ ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ރާމަاللهގައި ހުންނަ އަލް ޖަޒީރާގެ އިދާރާއަށް ވަދެގަނެ، އެ ތަނުގައި ހުރި ސާމާނާއި ލިޔެކިޔުންތައް ނައްތާލައި އެ އިމާރާތުގައި ތަޅުއަޅުވައިފައެވެ.
އަލް ޖަޒީރާއިން އޭރު ބުނީ އެ މީޑިޔާއާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު ވާހަކަތައް ނަތަންޔާހޫ ފަތުރަމުންދާ ކަމަށެވެ. ޔަހޫދީން އެ މީޑިޔާއާ މެދު ޢަމަލުކޮށްފައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކަމަށް ވެސް ބުނެފައިވެއެވެ. އަދި ޔަހޫދީންގެ ޢަމަލުތަކުގެ ސަބަބުން އެ މީޑިޔާގެ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޔަހޫދީ ޤާނޫނުހަދާ މަޖިލީހުން ވަނީ 2024ވަނަ އަހަރު ފާސްކުރި ޤާނޫނުގެ މުއްދަތު އިތުރު ދެ އަހަރަށް އިތުރުކޮށްފައެވެ. އަލް ޖަޒީރާއަށް ޔަހޫދީ ދައުލަތުގައި ޙަރަކާތްތެރި ނުވެވޭ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފައި މި ވަނީ އެ މީޑިޔާއިން ގެނެސްދޭ ޚަބަރުތަކާ ގުޅޭގޮތުން ޔަހޫދީންގެ މުވާސަލާތާބެހޭ ވަޒީރު ވާހަކަތަކެއް ދެއްކިތާ ނުވަ ދުވަސް ފަހުންނެވެ.
ޔަހޫދީންގެ ލާއިންސާނީ ޢަމަލުތައް ފޮރުވުމަށްޓަކައި އަލް ޖަޒީރާގެ މަސައްކަތްތައް ހުއްޓުވުމަށް އެ ދައުލަތުން މަސައްކަތްކުރަމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ. 2017ވަނަ އަހަރުގެ ތެރޭގައި ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ ޤުދުސްގައި ހުންނަ އަލް ޖަޒީރާގެ އިދާރާ ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. 2021ވަނަ އަހަރު ދިން މިސައިލް ޙަމަލާއެއްގައި ޔަހޫދީން ވަނީ ޣައްޒާގައި ހުންނަ އަލް ޖަޒީރާގެ އިދާރާ ސުންނާފަތިކޮށްލައިފައެވެ. އަލް ޖަޒީރާގެ ގިނަ ޢަދަދެެއްގެ ނޫސްވެރިންނާއި އެ މީހުންގެ ޢާއިލާތަކަށް ވެސް ޔަހޫދީންގެ ޙަމަލާތައް ތަކުރާރުކޮށް އަމާޒުވެއެވެ. ޣައްޒާ ހަނގުރާމައިގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ 200އަށްވުރެ ގިނަ ނޫސްވެރިންގެ ތެރޭގައި އަލް ޖަޒީރާގެ ނޫސްވެރިން ވެސް ހިމެނެއެވެ. 2022ވަނަ އަހަރުގެ ތެރޭގައި ހުޅަނގު އައްސޭރީގައި އަލް ޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ޝީރީން އަބޫ ޢާޤިލާގެ ގަޔަށް ބަޑިޖަހައި އޭނާ ވަނީ ޝަހީދުކޮށްލައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
