
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ދިވެހިރާއްޖެއަކީ ވަސީލަތްތައް މަދު، ކުޑަ ޖަޒީރާ ގައުމަކަށް ވީނަމަވެސް، ދިވެހިންނަކީ ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބީ ހޯދުމުގައި ނަމޫނާ ބައެކެވެ. މީގެ އެންމެ ފަހުގެ މިސާލަކީ، ގިނަ ހުރަސްތަކަކަށްފަހު ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ހޯދި ތާރީޚީ ކާމިޔާބީއެވެ. ރާއްޖޭގައި ފުޓްސަލް ކުރިއަރުވަން އެތައް ބަޔަކު އަމިއްލަ ގޮތުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިއަދު ރާއްޖެ މިވަނީ ދެކުނު އޭޝިއާގެ ފުޓްސަލް ރަސްގެފާނުގެ މަގާމު ހޯދާފައެވެ.
2004 ވަނަ އަހަރު ބައިނަލްއަގުވާމީ މައިދާނަށް ނުކުމެ، ބޮޑެތި ބަލިވުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ދިވެހި ޓީމުން އައީ ހިތްވަރާއެކު ތަޖުރިބާ ހޯދަމުންނެވެ. މިގޮތުން 2026 ވަނަ އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ބިދޭސީ ކޯޗެއްގެ އިރުޝާދުގެ ދަށުން ޗައިނާގައި ކުރިއަށްގެންދިޔަ ތަމްރީނުތަކަކީ މި ކާމިޔާބީގެ މުހިންމު ބިންގަލެކެވެ. މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެ، ރާއްޖެއިން ވަނީ ސަރަހައްދީ ފުޓްސަލް ތަށި ފުރަތަމަ ފަހަރަށް އުފުލާލައި، ދުނިޔެއަށް ދިވެހި ހުނަރު ސާބިތުކޮށްދީފައެވެ. މި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ކުރިއަށް އޮތް ތަނުގައިވެސް ނުހަނު ބޭނުންވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
