
އެއްވަނާގައި އޮތް އާސެނަލް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ ޖާދޫއެއް ފަދަ ގޮތަކަށް ޖެހި ދެ ގޯލުން ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ. މި މެޗުން ބަލިވި ނަމަވެސް އަދިވެސް އާސެނަލް އޮތީ އިނގިރޭސި ޕްރެމިއާ ލީގުގެ އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑަކާ އެކުގަ އެވެ. ޔުނައިޓެޑް އޮތީ 38 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ މެޗުގެ ފުރަތަމަ 30 މިނިޓް އޭނާގެ ޓީމުން ވަރަށް ރަނގަޅު ކަމަށެވެ. “ދެން ދިނީ އެ މީހުންނަށް ހަދިޔާއެއް ހެން ގޯލެއް. މި ހިސާބުން ގޭމުގެ އޮއިވަރު ބަދަލުވީ. އަހަރުމެންނަށް ހެދުނު ގޯހެއްގެ ސަބަބުން ބޯޅައާއެކު އަހަރުމެންގެ ފެންވަރު ދަށްވާން ފެށި. ދެން އެ މީހުން ޖެހީ ގާދޫއެއް ފަދަ ދެ ގޯލު. އަހަރުމެން އެއްވަރުކޮށް ގޭމުގެ ތެރެއަށް ވަން ނަމަވެސް އެ މީހުން ޕާހެއް ޖަހާފައި ކުޅެލި ދިގު ބޯޅައަކުން ކޫނާ މޮޅު ގޯލެއް ޖެހީ. މެންޗެސްޓާ ޔުނައިޓެޑަށް މަރުހަބާ ކިޔަން ޖެހޭ،” އާޓެޓާ ބުންޏެވެ.
ލީޑު ހަތް ޕޮއިންޓަށް ފުޅާ ކުރަން ލިބުނު ފުރުސަތު ގެއްލުނު ނަމަވެސް އާޓެޓާ ބުނީ ފުޓްބޯޅައިގައި އަބަދު މޮޅެއް ނުވާނެ ކަމަށެވެ. މިހެންވެ ކަންކަން ރަނގަޅު ކޮށްގެން ދެން އޮންނަ މެޗާ ކުރިމަތިލުމަކީ މިވަގުތު އެންމެ މުހިންމު ކަންތައް ކަމަށެވެ. އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ބުނީ ކޮންމެ މެޗަކީ ވެސް ފައިނަލެއް ފަދަ މެޗެއް ކަމަށާއި މި މެޗުން ފެނިގެންދިޔައީ އާސެނަލް ވެސް ކުޅުން ރަނގަޅު ކުރަން ޖެހޭ ކަން ކަމަށެވެ. “އަހަރުމެން ކުޅުން ރަނގަޅު ކުރަން ޖެހޭ. މި މެޗުގައި ވެސް އަހަރުމެންގެ ފެށުން ރަނގަޅު. އެކަމަކު ބައިކޮޅަށް ފީކަޅާ ގޯލެއް ވަން ހިސާބުން ހިތްވަރު ދެރަވީ. މިފަދަ ކަންކަން ދިގު ލީގެއްގައި ދިމާވާނެ،” އޮޑެގާޑް ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
