
ޓޭބަލުގެ އެއްވަނާގައި އޮތް އާސެނަލް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ ކެތްތެރިވެ، މޮޅުވާން ކުރި ހިތްވަރުން ކަމަށް ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ބުނެފި އެވެ. އޭނާ ކޯޗުކަމާ ހަވާލުވެގެން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވުމުން ކޯޗު ބުނީ އާސެނަލް އަކީ ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށާއި މިހެންވެ މި މެޗުގެ ފަސޭހަ ނުވާނެކަން މީގެ 10 ދުވަސް ކުރިން ކުޅުންތެރިން ވެސް ގަބޫލު ކުރި ކަމަށެވެ. “މި މެޗުގައި ކަންކަން އަހަރުމެން ބޭނުންވާނެ ގޮތަކަށް ނުދާނެ ކަމަށް ވިސްނައިގެން ކުޅުނީ. މެޗުން މޮޅުވި އެންމެ މުހިންމު ކަމަކީ އަހަރުމެން ކެތްތެރިވެ އަބަދުވެސް ގޭމުގެ ތެރޭގައި ތިބުން. މެޗު ހިނގަމުންދިޔަ ގޮތް އަހަރުމެންނަށް ދެނެގަނެ، ވިސްނުންތެރިކަމާއެކު ކުޅުނީ. މިއީ ލިބުނު ފުރުސަތުތައް ބޭނުން ކުރެވުނު ސަބަބަކީ ވެސް،” ކެރިކް ބުންޏެވެ.
އޭނާ ބުނީ ޓޭބަލުގެ ހަތަރު ވަނަ އަށް ޔުނައިޓެޑް ކުރިއަށް ޖެހުނު ނަމަވެސް ކުރިއަށް ގިނަ މެޗުތަކެއް ހުރުމުން ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އާޓެޓާ ބުނީ އޭނާގެ ކޯޗުކަމުގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާ މަސައްކަތް ކުރީ ޔުނައިޓެޑްގެ ކުޅުންތެރިންނާ ގުޅިގެން އެ މީހުންނަށް ހިތްވަރު ދީގެން ކަމަށެވެ. “ފެންނާނެ މި މެޗުގައި ބެންޗުން އެރި ކުޅުންތެރިން ވެސް ޓީމު ވަންތަކޮށް ކުޅުނުކަން. ވަރަށް އެކުވެރިކަމާއެކު މަސައްކަތް ކުރީ. އަހަރެން މަސައްކަތް ކުރީ ކުޅުންތެރިންނާއި ޓީމުގެ އެހެން މެމްބަރުންނަށް ކްރެޑިޓް ދީގެން މަސައްކަތް ކުރަން. ވަރަށް މުހިންމު ކަމެއް ޓީމު ވަންތަ ކަމާއި އެކުވެރިކަން،” ކެރިކް ބުންޏެވެ.
މި މޮޅާއެކު ޔުނައިޓެޑް މިވަގުތު އޮތީ ޓޭބަލުގެ ހަތަރު ވަނާގަ އެވެ. އެއީ 38 ޕޮއިންޓާއެކުގަ އެވެ. މިއީ އެއްވަނާގައި އޮތް އާސެނަލް އަށް ވުރެ 16 ޕޮއިންޓް މަދު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
