
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޤައުމާއި ރައްޔިތުންނަށް ބޭނުންވަނީ ތަރައްޤީއަށް އެއްބާރުލުންދޭ ރައްޔިތުންގެ މަންދޫބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ، ވެރިކަންކުރާ ޕީއެންސީން އިއްޔެ ހަވީރު ބޭއްވި ޚާއްސަ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެހެންވެ، ރަށްރަށާއި ސިޓީތަކަށް ބޭނުންވަނީ އެމަނިކުފާނުގެ މި މަސައްކަތަށް ހުރަސްނާޅައި، އެއްބާރުލުންދޭނެ މޭޔަރުންނާއި ކައުންސިލަރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރާއިރު އެކަމަށް ހުރަސްއަޅާ ބަޔަކު އަތުވެއްޖެނަމަ ތަރައްގީ މަޑުޖެހިގެންދާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ހަމަނުޖެހުން އުފައްދަން އެފަދަ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށާއި އެއީ އެއްވެސް ރައްޔިތަކު ދެކެން ބޭނުންވާ ދުވަހެއް ނޫން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. “މި ދޭތެރެ މެދަށް ރައްޔިތުންނާ ސަރުކާރު ދޭތެރެއަށް އިދިކީލަ ވިސްނުންތައް ވައްދަން ފުރުސަތު ނުދެއްވާށޭ. ސިޔާސީ ސަކަރާތްޖެހުމާއި ސިޔާސީ ޖަގަޑާ ހެދުމާއި އެކިކަހަލަ ގޮތްގޮތުން ރައްޔިތުންނާ ސަރުކާރާދެމެދު ހުރަސްތަކެއް ކުރިމަތިކުރުމުގެ ފުރުސަތު ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ނުދެއްވާށޭ. މި ސަރުކާރު މިއޮތީ ރައްޔިތުންނާއެކު،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކި ހައިސިއްޔަތުތަކުން މިހާތަނަށް މާލޭގެ ގެތަކަށް އެމަނިކުފާނަށް ޒިޔާރަތްކުރެވިފައިވާ ކަމަށާއި ރައްޔިތުން ދިރިއުޅޭ ހާލަތު ވަރަށް ގާތުން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ހަލުވިކަމާއެކު ކުރިއަށްގެންދާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ކަނޑުފަޅުން ދީފައިވާ ގޯތިތައް، ބިން ހިއްކުމަށްފަހު ރައްޔިތުންނަށް ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް ކަމަށެވެ. މިފަދަ މަޝްރޫއުތައް ކުރިއަށްދާއިރު ބޭނުންވަނީ އިޚްލާސްތެރި ތެދުވެރި އަދި އަމާނާތްތެެރި މޭޔަރުންނާއި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެންބަރުން ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި އެފަދަ ފަރާތްތައް އިންތިޚާބު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
