
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑޮނީޝިއާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން، ބިންގަނޑު ކަނޑައިގެން ގޮސްގެން ހިނގި ޙާދިސާއެއްގައި މިހާތަނަށް ހަތް މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ކާރިޘާތަކާބެހޭ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން ބުނީ، ވެސްޓް ބަންޑުންގގައި އޮންނަ ކުޑަ އަވަށެއްގައި ބިންގަނޑު ކަނޑައިގެން ގޮސްގެން ހިނގި ޙާދިސާގައި އިތުރު 82 މީހުން ގެއްލިފައިވާ ކަމަށެވެ. ގެއްލުނު މީހުން ހޯދުމަށް، އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާގެ ތަރުޖަމާނު ރޮއިޓަރސް ނޫހަށް ވިދާޅުވިއެވެ. އިންޑޮނީޝިއާގެ ހުޅަނގުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ކުރިއަށް އޮތް ހަފްތާގައި ވެސް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އިންޑޮނީޝިއާއަކީ ވިއްސާރަ މޫސުމުގައި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ނުރައްކާ ބޮޑު ޤައުމެކެވެ. މި ފަދަ ނުރައްކާތެރި ހާދިސާތައް އިތުރުވެފައި ވަނީ ޖަންގަލިތަކުން ގަސްކެނޑުން އިތުރުވުމާއި، ނުޤަވާޢިދުން މައިން ކުރުމުގެ މަސައްކަތް ކުރާ ސަރަޙައްދުތަކުގައި ކަމުގައި އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކުރިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
