
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ފަޚުރުވެރި އެއްވަނަ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ހޯދުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޓީމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ކުޅުނު ކޮންމެ މެޗަކުން މޮޅުވެ، ބައިނަލްއަޤްވާމީ މިފަދަ މުބާރާތެއް ކާމިޔާބުކުރުމަކީ ތާރީޚީ ފަޚުރެއް ކަމަށާއި، މިއީ ގައުމީ ރޫޙުގައި ހޯދި ނަމޫނާ ކާމިޔާބީއެއް ކަމަށެވެ. ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ބޫޓާނާ ބައްދަލުކުރި މެޗު 1-3 އިން ކާމިޔާބުކޮށްގެންނެވެ. ބޫޓާނުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ރާއްޖެއިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު، އަހްމަދު ހަމީދު އަދި ކެޕްޓަން މުޙައްމަދު އިމްރާން އެވެ.
ބާކީ އެއް މެޗު އޮއްވައި ރާއްޖެއިން މި ތަށި ކާމިޔާބުކުރީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި އޮތް ޕާކިސްތާނަށް ބާކީ އޮތް މެޗުން މޮޅުވިޔަސް ރާއްޖެއާ އަރާ ހަމަނުކުރެވޭނެއެވެ. މިއީ ބައިނަލްއަގްވާމީ ފުޓްސަލް މުބާރާތަކުން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން ވަނައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
