
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން، ބޫޓާން ބަލިކޮށް ދިވެހިރާއްޖެއިން ކާމިޔާބުކޮށްފިއެވެ. ބެންކޮކުގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. ބޫޓާނުން ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ރާއްޖެއިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހާފައެވެ. ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ)، އަހްމަދު ހަމީދު (އައްމަޑޭ) އަދި ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ.
މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ރާއްޖެއިން ތަށި ކަށަވަރުކުރީ ބާކީ އެއް މެޗު އޮއްވައެވެ. މިއީ ބައިނަލްއަގްވާމީ ފުޓްސަލް މުބާރާތަކުން ރާއްޖެއިން ހޯދި ފުރަތަމަ ކާމިޔާބީއެވެ. ތާވަލުގެ ދެވަނައިގައި އޮތް ޕާކިސްތާނަށް ދެން އޮތް މެޗުން މޮޅުވި ނަމަވެސް ރާއްޖެއާ އަރާ ހަމަނުކުރެވޭނެތީ، މި މުބާރާތުގެ ރަން މެޑަލް ރާއްޖެއަށް މިވަނީ ކަށަވަރުވެފައެވެ. މިއީ ރާއްޖޭގެ ފުޓްސަލް ތާރީޚުގައި ލިބުނު ފަޚުރުވެރި ކުރިއެރުމެކެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
