
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއަށް ކުރިމަތިވެފައިވާ އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ހައްޤުތަކަށް އިޚްތިރާމު ކުރުމަށް އދގެ އިންސާނީ ހައްޤުތަކާބެހޭ ހައި ކޮމިޝަނަރު، ވޮލްކަރ ޓަރކް ގޮވާލައްވައިފިއެވެ. އޭނާ އެހެން ވިދާޅުވެފައި ވަނީ އެމެރިކާއިން އިމިގްރޭޝަނާ ގުޅުންހުރި ހަރުކަށި ފިޔަަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. ޓަރކް ވަނީ އެމެރިކާއިން ޤަނޫނާ ޚިލާފަށް މީހުން ހައްޔަރުކޮށް ބަންދުކުރުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ބައެއް ހިޖުރަވެރިންނަށް ފާރަލައި ބަންދުކުރަމުންދާ ކަމަށެވެ. އެ އެގޮތަށް ހިޖުރަވެރިން ހައްޔަރުކުރުމުގައި ބައެއް ޙާލަތްތަކުގައި ހަސްފަތާލާއި އަޅުކަންކުރާ ތަންތަނާއި ފަނޑިޔާރުގެތަކާއި މާރުކޭޓުތަކާއި މަދަރުސާތަކާއި ގޭގެފަދަ ތަންތަނުގައި އަނިޔާވެރިކަން އިސްކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހައްޔަރު ކުރާ ގިނަ މީހުން ބަންދުކުރަނީ ޞައްޙަ ލިޔުކިޔުން ނެތް ކަމަށް ކުރެވޭ ޝައްކެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޓަރކް ވަނީ ހިޖުރަވެރިން ހައްޔަރުކުރުމުގައި ގިނަ ޢަދަދެއްގެ ހަތިޔާރު އެޅި ޚާއްޞަ އޮފިސަރުން ޙަރަކާތްތެރިވުމާ މެދު ވެސް ފާޑުވިދާޅުވެފައެވެ. ޚާއްސަ ގޮތެއްގައި އެމެރިކާގެ މިިނިއަޕޮލިސްގައި ޙަރަކާތްތެރިވަމުންދާ ގިނަ ޢަދަދެއްގެ އޮފިސަރުންނާ ގުޅޭގޮތުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކުރާ ކަމަށް ފާހަގަވެފައިވާ ކަމަށާއި، އެ ފަދަ ގޮތަކަށް ޢަމަލުކުރަން ޖެހޭނީ ފުރާނައަށް ނުރައްކާވާ ފަދަ ޙާލަތްތަކުގައި އިތުރު ގޮތެެއް ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހައްޔަރު ކުރާ ބައެއް މީހުންނަށް ޤާނޫނީ ލަފާ ހޯދުމުގެ ފުރުޞަތު ވެސް އެދެވޭ ގޮތަކަށް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓަރކް އިތުރަށް ވަނީ އެމެރިކާގެ އިމިގްރޭޝަނާއި ކަސްޓަމްސް އެންފޯސްމެންޓުގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ މިނިވަން ތަހުޤީޤެއްް ކުރުމަށް ގޮވާލައްވައިފައެވެ. 2025ވަނަ އަހަރު 30 މަރު އަދި މި އަހަރުގެ މިހާތަނަށް މި ފަދަ ހަ މަރު ރެކޯޑު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
