
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެމެރިކާގެ ސަރުކާރުގެ މަންދޫބުންނާއި ރަޝިޔާގެ ރައީސް ވްލެޑިމީރް ޕޫޓިން އާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބުނުނަމަވެސް، ދާޢިމީކޮށް ސުލްޙަ ޤާއިމުކުރެވޭނީ ސަރަޙައްދު ވަކިކުރުމާމެދު މިހާރު އޮތް ދެބަސްވުންތައް ޙައްލުވެގެންކަމަށް ރަޝިޔާއިން ބުނެފިއެވެ. ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް އަބޫދާބީގައި މިއަދު ބާއްވަން ތާވަލުކޮށްފައިވާ ބައްދަލުވުމުގައި ޔޫކްރެއިނާއި އެމެރިކާގެ މަންދޫބުންނާ އެކު ބައިވެރިވާން ރަޝިޔާއިން ވަނީ އެއްބަސްވެފައެވެ. އެ ބައްދަލުވުމުގެ ކުރިން، ރޭގެ ވަގުތެއްގައި ޕޫޓިން ވަނީ އެމެރިކާގެ އިސް މަންދޫބުންނާ އެކު މޮސްކޯގައި ވަރަށް ދިގުކޮށް މަޝްވަރާތައް ކުރައްވައިފައެވެ.
ރަޝިޔާ ސަރުކާރުގެ މަންދޫބު ޔޫރީ އުޝަކޯވް ވިދާޅުވީ، ސަރަޙައްދު ވަކިކުރުމާ ގުޅޭގޮތުން އެއްބަސްނުވެވޭނަމަ، ސުލްޙައިގެ އެއްބަސްވުމެއް ދަމަހައްޓަން އުނދަގޫވާނެ ކަމަށެވެ. މިގޮތުން، ހަނގުރާމަ ނިމުމަކަށް އައުމަށްފަހު، ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ޑޮންޓްކްސް ސަރަޙައްދުން 20 އިންސައްތަ ޔޫކްރެއިނުން ދޫކޮށްލުމަކީ ރަޝިޔާގެ ޝަރުތެކެވެ. އަދި އެކަމަށް ދޫނުދޭނެކަމުގެ އިޝާރާތެއް އުޝަކޯވް ވަނީ ދެއްވައިފައެވެ. ނަމަވެސް، ޔޫކްރެއިނުން އެ ޝަރުތައް ތަކުރާރުކޮށް ދެކޮޅު ހަދަމުންދިޔުމަކީ، ސުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް މިހާތަނަށް އޮތް އެންމެ ބޮޑު ހުރަހެވެ.
އުޝަކޯވް ވިދާޅުވި ގޮތުގައި، މި ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް މަޝްވަރާގެ ތެރެއިން ގެންނަން ރަޝިޔާއިން ބޭނުންވެއެވެ. ނަމަވެސް، ރަޝިޔާގެ ޤައުމީ ސަލާމަތާ ގުޅިފައިވާ، ސަރަޙައްދު ކަނޑައެޅުމުގައި އެއްބަސްވުމަކަށް ނާދެވޭނަމަ، އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
