
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާ އަލުން އާރާސްތުކޮށް “ނިޔު ޣައްޒާ”ގެ ގޮތުގައި ތަރައްޤީކުރާނެ ގޮތުގެ ރޭވުންތައް އެމެރިކާއިން ޙިއްޞާކޮށްފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތައް ނަމެއްގައި މެދުކަނޑާލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު އެމެރިކާއިން އިސްވެ ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުން ކުރިއެރުވުމަށް ޣައްޒާ ތަރައްޤީކުރުމުގެ ރޭވުންތައް ހާމަކޮށްފައި ވަނީ ޣައްޒާ ހިންގާނެ ޞުލްޙައިގެ ބޯޑު ރަސްމީކޮށް އިފްތިތާހު ކުރުމަށް ސްވިޒަލެންޑުގެ ޑަވޮސްގައި ބޭއްވި ޙަފްލާއަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މުޝީރު ޖާރިޑް ކުޝްނާއެވެ.
އެމެރިކާއިން ހުށަހަޅާފައި ވަނީ ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާގައި މީހުން ދިރިއުޅޭ އުސް ޓަވަރުތަކާއި ޑާޓާ ސެންޓަރުތަކާއި އަތިރިމަތީ ރިސޯޓުތައް ތަރައްޤީ ކުރުމަށެވެ. އެމެރިކާގެ ހުށަހެޅުމުގެ ކުރެހުންތަކުން ސިފަ ވަނީ ސިންގަޕޫރާއި ދުބާއީ ފަދަ ސިޓީތަކެވެ. އެމެރިކާއިން އެ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ޣައްޒާގެ ހިންގުމާ ޙަވާލުވާ ޞުލްޙައިގެ ބޯޑާ ގުޅުންހުރި މަސައްކަތެއްގެ ގޮތުގައެެވެ. މަސައްކަތް ފެށިގެންދާނީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ޣައްޒާގެ ރަފަޙުން ކަމަށް ކުޝްނާ ވިދާޅުވެފައިވެއެވެ. ނަމަވެސް އެމެރިކާއިން ހާމަކުރި މަޢުލޫމާތުން އެ މަސައްކަތަށް ޚަރަދުކުރާނީ ކޮންބައެއްތޯ އާއި ގެދޮރު ގެއްލި ނިކަމެތިވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނީ ކިހިނެތްތޯއާއި އިމާރާތްތަކާއި ބިންތަކުގެ ޤާނޫނީ ވެރިންނަށް ވާނީ ކޮން ބައެއްތޯ އާއި ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ސިފައެއްގައި ބަދަލެއް ލިބޭނެތޯއާ މި ފަދަ މުހިންމު ސުވާލުތަކަށް ޖަވާބެއް ލިބިފައެއް ނުވެއެވެ. ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މި މައްސަލަތަކަށް ޙައްލެއް ހޯދޭނެ ނިޒާމެއް އެމެރިކާގެ ހުށަހެޅުމުގައި ހިމަނާފައެއް ނުވެއެވެ.
މީގެ ކުރިން ވެސް އެެމެރިކާއިން ވަނީ ވަރަށް ޒަމާނީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ޣައްޒާ ތަރައްޤީ ކުރުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. އެމެރިކާއިން މިހާރު ހުށަހަޅާފައިވާ ހުށަހެޅުމުގައި އެ ރޭވުންތަކާ އެއްގޮތް ކަމެއް ހުންނަ ކަމަށް ފާހަގަވެއެވެ. ޣައްޒާ އަލުން އާރާސްތުކުރާނެ ގޮތުގެ ރޭވުންތައް އެމެރިކާއިން ހުށަހަޅާފައިވާއިރު ޔަހޫދީން އަދިވެސް ދަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ތަކުރާރުކޮށް ޙަމަލާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީންގެ ޙަމަލާތަކުގައި ޣައްޒާގެ ފަސް ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.
ކުޝްނާގެ ޕްރެސެންޓޭޝަނަށް ފަހު ވީޑިޔޯ މެދުވެރިކޮށް ވާހަކަދައްކަވަމުން ޞުލްޙައިގެ ބޯޑުގައި އިސްކޮށް ޙަރަކާތްތެރިވުމަށް އެމެރިކާއިން ނިންމާފައިވާ ފަލަސްޠީނުގެ ޢަލީ ޝާތު ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ރަފަޙް ހުރަސް އަލުން ހުޅުވައިލާނެ ކަމަށެވެ. އެއީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ޝަރުތުތަކުގެ ތެރެއިން މިހާތަނަށް ފުރިހަމަ ނުވެ އޮތް މައި ޝަރުތެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
