
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީންގެ ޣައްޒާގެ ހިންގުމާ ޙަވާލުވާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ ޞުލްޙައިގެ ބޯޑުގެ ރަސްމީކޮށް ލޯންޗުކޮށްފިއެވެ. އެ ބޯޑު ފުރިހަމަ އެކުލަވައިލެވުމުން، ޣައްޒާގެ އިތުރުން، ހަމަނުޖެހުން ބޮޑު އެހެން ސަރަޙައްދުތަކަށް ވެސް ސުލްޙަ ގެނައުމަށް އެ ބޯޑުގެ ދަޢުރު ފުޅާކުރުމުގެ ތަސައްވުރު ޓްރަމްޕް ވަނީ ހާމަކުރައްވައިފައެވެ. އެ ބޯޑު މަސައްކަތް ކުރާނީ އދއާ ގުޅިގެން ކަމަށް ވިދާޅުވިނަމަވެސް، މިހާތަނަށް އެންމެ އެކަށީގެންވާ ގޮތެއްގައި އދއަށް މަސައްކަތް ކުރެވިފައިވާ ކަމަށް ޓްރަމްޕް ޤަބޫލެއް ނުކުރައްވައެވެ. ޞުލްޙައިގެ ބޯޑާ ގުޅުމަށް 60 ޤައުމަކަށް އެމެރިކާއިން ވަނީ ދަޢުވަތު ދީފައެވެ.
އެ ބޯޑުގައި ބައިވެރިވުމަށް ތުރުކީވިލާތާއި، މިޞްރު، ސަޢުދީ ޢަރަބިއްޔާ އަދި ޤަތަރު ފަދަ ޤައުމުތަކުން އެއްބަސްވެފައިވީނަމަވެސް، އެ ބޯޑު ޙަރަކާތްތެރިވާން ފެށުމާއެކު، ބައިނަލްއަޤުވާމީ ދުނިޔޭގައި އދއިން މިހާރު އަދާ ދަޢުރަށް ހިޔަނިއެޅިދާނެކަމުގެ ބިރާއެކު، ހުޅަނގުގެ ބޮޑެތި ޤައުމުތަކުން އެ ބޯޑާ ގުޅުމަށް ދަނީ ފަސްޖެހެމުންނެވެ. އެ ބޯޑުގައި ބައިވެރިވާ ޤައުމުތަކުން، ޣައްޒާ އަލުން ބިނާކުރުމަށް އެހީތެރިވުމަށް އެއް ބިލިއަން އެމެރިކާ ޑޮލަރު ދޭންޖެހޭނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޣައްޒާގައި ސުލްޙަ ޤާއިމުކުރެވެމުން، ހަމަނުޖެހުން ބޮޑު އެހެން ސަރަޙައްދުތަކުގައި ސުލްޙަ ޤާއިމުކުރެވޭނެކަމުގެ ނަމޫނާއަކަށް އެ ބޯޑު ވެގެންދާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވެސް ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ އިތުރުން، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުގެ ގޮތުގައި އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ އަނެއް ހަތަރު ޤައުމުން އެ ބޯޑުގައި ބައިވެރިވާނެކަމުގެ ޔަޤީންކަން ދީފައެއް ނުވެއެވެ. އެ ބޯޑުގައި ބައިވެރިވުމުގެ ޝަޢުޤުވެރިކަން ހުރިކަމަށް ރަޝިޔާއިން ބުނެފައިވީނަމަވެސް، އެކަމާ ގުޅޭގޮތުން ޗައިނާއިން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ފަރަންސޭސިވިލާތުގެ އިތުރުން އިނގިރޭސިވިލާތުން ވަނީ އެ ބޯޑުގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
