
ސާފް ވިމެންސް ފުޓްސަލް ަޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ކުޅުނު 5 ވަނަ މެޗުގައި ސްރީލަންކާ ޕްރެޝަރަށްލާ މޮޅުކުޅުމެއް ދައްކައިފިއެވެ. މިމެޗު ނިމުނީ 6-7 ސްރީލަންކާ ކުރި ހޯދައިގެންނެވެ. މެޗު ފަށައިގެން ކުރީކޮޅުގައި ސްރީލަންކާއިން ވަނީ 3 ލަނޑު ޖަހާ ބޮޑު ލީޑެއް ނަގާފައެވެ. އެހެންނަމަވެސް ދިވެހި ކުޅުންތެރިން ހިތްވަރު ދޫކޮށްނުލާ ކުރި މަސައްކަތުން ވަނީ ފަހަތުން އަރާ 3 ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަ ހަަމަކޮށްފައެވެ. މިގޮތުން ދިވެހި ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އައިމިނަތު ފަޒްލާއެވެ. ދިވެހި ޓީމުގެ ދެވަނަ ލަނޑަކީ ނޫރާ ނަގައިދިން ކޯނަރަކުން ސްރީލަންކާ ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި ތިން ވަަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ފާތިމަތު ޝާލިޔާއެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްރީލަންކާއިން ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ. ދެވަނަ ހާފްގައި ކުޅެންނުކުމެ ދިވެހި ޓީމުގެ 4 ވަނަ ލަނޑު ޖަހާދީ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ލަނޑުވެސް ދިވެހި ޓީމަށް ކާމިޔާބުކޮށްދިން ފަޒްލާއެވެ. އެހެންނަމަވެސް ދިވެހި ޓީމުން ނަތީޖާ ހަމަހަމަކުރުމާއެކު ސްރީލަންކާ ޓީމުން ވަނީ އެޓޭކުތައް ވަރުގަދަކޮށް ގޯލެއް ޖަހާ އަނެއްކާވެސް ލީޑުނަގާފައެވެ. މިއީ ރާއްޖެ ޓީމުގެ ހަނީފާ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. ދިވެހި ކުޅުންތެރިން ވަނީ އިތުރު ހިތްވަރެއްލާ ކުރި މަސައްކަތުގައި މެޗުގައި 3 ވަނަ ފަހަރަށްވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ ކެޕްޓަން ޝާލިޔާ ނަގައިދިން ކޯނަރަކުން ސްރީލަންކާ ކީޕަރު އަތުން ބައިކޮޅަށް ވަތް ގޯލަކާއެކުއެވެ.
ގޯލަކަށް ފަހު ގޯލެއް ފެނިގެންދިޔަ މި ހާފުގައި ސްރީލަންކާއިން 4 ވަނަ ފަހަރަށް ލީޑު ނެގީ ރާއްޖެއިން ނަތީޖާ ހަމަ ހަމަ ކުރިތާ މިނެޓެއްގެ ތެރޭގައެވެ. ސްރީލަންކާއިން ލީޑު އިތުރަށް ފުޅާކުރީ ދިވެހި ޓީމުގެ ކުޅުންތެރިއެއް ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑަކާއެކުއެވެ. އަދި މި ލީޑު ދިވެހި ޓީމުން އެންމެ ގޯލަކަށް ކުޑަކުރީ ލިބުނު ދުރު ޕެނަލްޓީއަކުން ރާނިޔާ އިބްރާހިމްއެވެ. މިއީ މިމުބާރާތުގައި ދެ ޓީމުވެސް ކުޅުނު 5 ވަނަ މެޗެވެ. ދިވެހި ޓީމުގެ އެންމެ ފަހު މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
