
(ފޮޓޯ ކްރެޑިޓްސް: މިހާރު)
މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް “ދޮރުން ދޮރަށް” ހިނގުމުގެ ކެމްޕޭން މިއަދު ރަސްމީކޮށް ފަށައިފިއެވެ. މާލެއާއި ހުޅުމާލޭގައި ކުރިއަށްގެންދާ މި ހަރަކާތުގެ މަގުސަދަކީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހައި، ކެންޑިޑޭޓުންގެ ސިޔާސަތުތައް ހިއްސާކުރުމެވެ. މި ހަރަކާތް ފައްޓަވައިދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ، މިއީ ރައްޔިތުންގެ ދަތިތައް ސަރުކާރަށް ހުށަހެޅުމަށް ލިބޭ ފުރުސަތެއް ކަމަށާއި، މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރައްވާނެ ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. އޭޕްރީލް 4 ގައި ބާއްވާ މި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައި ތިއްބެވި އެ ޕާޓީގެ ކެންޑިޑޭޓުންވެސް މިފަދަ ހަރަކާތްތައް ފެށުމަށް ޕީއެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
PNC Team Hulhumalé Dhekunu officially kicks off the door-to-door campaign for LCE 2026z
Meeting the people, listening to the people, working for the people.#JaleelForMayor#DhiveheengeRaajje pic.twitter.com/NPY522WXhi
— Malsha (@malshasharyf) January 22, 2026
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
