
ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ކުޅުނު 4 ވަނަ މެޗުވެސް ކާމިޔާބުކޮށް ލީގު ތާވަލްގެ އެންމެ ކުރިން ލީޑު ފުޅާކޮށް ޗެމްޕިއަންކަމާ ޕޮއިންޓަކަށް ގާތައް ޖެހިލައިފިއެވެ. މިމެޗު ދިވެހި ޓީމް ކާމިޔާބުކުރީ 2-1 އިންނެވެ. މެޗު ފަށައިގެން ގިނަ ވަގުތު އެޓޭކްކޮށް ބޯޅަހިފަހައްޓައިގެން ކުޅެމުންދިޔައީ ދިވެހި ޓީމުންނެވެ. ފުރަތަމަ ހާފުގައި ގޯލެއް ފެނިގެންނުދިޔަ ނަމަވެސް ދިވެހި ޓީމުން ވަނީ ނުރައްކާތެރި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ނޭޕާލްގެ ގޯލް ކީޕަރު ރަނގަޅު ސޭވްތަކެއް ކުރި އިރު ގޯލު ދަނޑިއަށް ރާއްޖޭގެ 3 ހަމަލާއެއް ވަނީ އަމާޒުވެފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީވެސް ދިވެހި ޓީމުންނެވެ. މިލަނޑަކީ ދެވަނަ ހާފްގެ ކުރީކޮޅު ނޭޕާލްގެ ފަހަތުން ހެދުނު މިސްޓޭކެއްގެ ފައިދާ ނަގާ އަބްދުﷲ ޝާފިއު ކާމިޔާބުކޮށްދިން ލަނޑެކެވެ. އެއީ އަހުމަދު ހަމީދު ނޭޕާލް ޕެނަލްޓީ އޭރިއާ ތެރެއިން ހޯދާފައި ކީޕަރު ކައިރިންވެސް ނައްޓާލާފައި ޝާފިއުއަށް ޖައްސާލި ބޯޅައިން ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑު ޖެހިތާ މެނެޓެއްގެ ތެރޭގައި ނޭޕާލް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ކޯނަރެއްގެ ބޭނުންހިފާ ބިކްރާތުު ނާސިންގ ރާނާއެވެ. ނޭޕާލްގެ މި ލަނޑަށްފަހުވެސް އެޓީމުން ވަނީ ގާތް ގާތުގައި ދިވެހި ޓީމުގެ ފަހަތަށް ޕްރެޝަރުކޮށްފައެވެ. މެޗު ނިމެން 7 މިނެޓަށް ވެފައިވަނިކޮށް ޝާފިއުއަށް ކުރި ފައުލްއަކަށް ނޭޕާލްގެ އަމިތު ލާމާއަށް ވަނީ ރަތްކާޑު ދައްކާފައެވެ. މިއާއެކު ނޭޕާލްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ސީދާ ގޯލުގެ ތެރެއަށް ވައްދާލާ މެޗުގައި ދެވަނަ ފަހަރަށް ލީޑުނަގައިދީ މެޗުން މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ކެޕްޓަން މުހައްމަދު އިމްރާނެވެ. މިއީ އިމްރާން މިމުބާރާތުގައި ކާމިޔާބުކުރި 7 ވަނަ ލަނޑެވެ.
މުބާރާތުގައި ދެން ރާއްޖެއަށް އޮންނާނީ ބޫޓާން އާއި ބައްދަލުކުރާ މެޗެވެ. ދިވެހި ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރަން މިހާރު ބޭނުންވަނީ ކުރިއަށް އޮތް ދެ މެޗުން އެންމެ ދެ ޕޮއިންޓެވެ. އެހެންނަމަވެސް މިއަދު ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު އެއްވަރުވެއްޖެނަމަ ދިވެހިރާއްޖެއަށް ޗެމްޕިއަންކަން ޔަގީންވާނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
