
(ފޮޓޯ ކްރެޑިޓްސް: ސްޓެލްކޯ)
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކަރަންޓު ގުޅައި ނިންމާލައިފިއެވެ. ސްޓެލްކޯއިން ވިދާޅުވީ މިކަމާއި ގުޅޭ ޓެސްޓުތައްވެސް މިހާރު ނިމިފައިވާ ކަމާށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ނިމިފައިވާކަން ހާމަކޮށް ސްޓެލްކޯއިން ވިދާޅުވީ އެކުންފުނިން ކުރަމުންއައި އެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ. މިމަަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އޭޅުމަށް، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ މަސައްކަތާއި ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއްވެސް ފުރިހަމަ ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
އެފްޑީސީގެ 4000 ފްލެޓަށް ކަރަންޓު ދެވިފައިވާއިރު، މިއަހަރު ފެށުނުއިރު އެމްޑަބްލިއުއެސްސީން ވަނީ މި ޓަވަރުތަކަށް ފެނާއި ނަރުދަމާ ގުޅައި ނިންމާލާފައެވެ. މިއާއެކު އަސާސީ ހުރިހާ ޚިދުމަތެއް މި ފްލެޓްތަކަށް މިހާރު ގުޅައި މިވަނީ ނިންމާލާފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިކުންފުނިން ކުރިއަށްގެންދިޔަ އެންމެހާ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައި. މި މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި… pic.twitter.com/7mn9Aw1tmF
— STELCO (@STELCOMALDIVES) January 21, 2026
އެފްޑީސީން މިހާރު އަންނަނީ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަކީ އެ ކުންފުނީގެ އަމާޒެކެވެ. ފްލެޓުތަކުގެ ތަޅުދަނޑި މިހާރު ހަވާލުކުރަމުން އަންނައިރު ފްލެޓުތަކަށް ތަޅުދަނޑި ލިބިފައިވާ ފަރާތްތަކުން ދަނީ ފްލެޓްތަކަށް ބަދަލުވަމުންނެވެ. އަދި ބައެއް ފްލެޓްތަކަށް ބޭނުންވާ ސާމާނު ވެއްދުމާއި ރޯދައަށް ފްލެޓްތަކަށް ވަނުމަށްވެސް ބައެއް ފަރާތްތަކުން ތައްޔާރުވަމުން ދެއެވެ. ފްލެޓްތަކުގެ އަސާސީ ޚިދުމަތްތައް ގުޅާލެވި، އާންމުން ވަންނަމުންދާއިރު މި ސަރަހައްދުގެ މަގުތަކާއި ވަށައިގެންވާ ސަރަހައްދު ތަރައްޤީކޮށް ބޭނުން ކުރެވޭ ގޮތަށް ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ. އަދި އެސަރަޙައްދަށް ބަދަލުވާ ޢާއިލާތަކަށް ފަސޭހަވާނެހެން އިތުރު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.
ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓުތައް ޓަވަރުތައް ދެ ނަމެއްގައި ވަނީ ތަރައްޤީކޮށްފައެވެ. އެއީ އަމާން އުދަރެސްގެ 6 ޓަވަރާއި އަމާން ދޯދީގެ 6 ޓަވަރެވެ، މި 4000 ހައުސިންގ ޔުނިޓުގެ ތެރޭގައި 2 ކޮޓަރި އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތައްވަނީ ތަރައްޤީކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
