
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރަމަޟާން މަހާއި ދިމާކޮށް ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް، މާލެ ސަރަހައްދުގައި ވިއްކޭނެ މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި މާލޭގައި ވަގުތީ މާރުކޭޓެއް ތަރައްޤީ ކުރަން ނިންމައިފިއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ، މި މާރުކޭޓުގައި ތަކެތި ވިއްކަން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އަންނަ ރަމަޟާން މަހަށް ޚާއްޞަކޮށް ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ހަމަ އަގުގައި ވިއްކޭނެހެން ވަގުތީ މާރުކޭޓެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ މާރުކޭޓު ތަރައްޤީކުރަނީ، އެމްޕީއެލްގެ އެހީތެރިކަމާއެކު މާލެ ނޯތު ހާބަރ ސަރަހައްދުގައި ކަމަށެވެ.
އެވުޒާރާއިން ވަނީ ކައުންސިލްތަކަށް މިކަމާއި ގުޅޭ ސާކިއުލަރއެއް ފޮނުވާފައެވެ. އެ ސާކިއުލާރގައިވާ ގޮތުން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެވޭ މަހެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރޯދަމަހަށް ޚާއްޞަ ކޮށްގެން ދަނޑުވެރިން އުފައްދާފައިވާ ތަކެތި ވިއްކުމަށްޓަކައި މާލެ ސަރަޙައްދުގައި ވަގުތީ މާރުކޭޓެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ. މިމާރުކޭޓޫގައި ތަކެތި ވިއްކުމަށް ޝަޤުވެރިވާ ފަރާތްތަކުން، ރަށު ކައުންސިލްތައް މެދުވެރިކޮށް އެ ވުޒާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ރަށްރަށުން މިކަމަށް އެދޭއިރު، މިދިޔަ އަހަރުގެ ރޯދަ މަހާއި ދިމާކޮށް އެރަށަކުން ބޭރުކުރި މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަަކުގެ އަންދާސީ މިންވަރެއް ހިމެނުމަށް އެދިފައިވެއެވެ. އަދި އެރަށަކުން މާރުކޭޓުގައި ތަކެތި ވިއްކަން އެދޭ ފަރާތްތަކުގެ އަދަދު އިނގޭނެ ގޮތަށް ހުށަހެޅުމަށްވެސް އެދިފައިވެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަގުތީ މާރުކޭޓު ހިންގުމުގެ އުސޫލު ވަނީ އާންމުކޮށްފައެވެ. މި އުސޫލުގައިވާ ގޮތުން، މިމާރުކޭޓަށް މުދާ ވައްދަން ފެށޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މިމާރުކޭޓުގައި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވާ އިތުރު ތަކެތި ވިއްކުމަކީ މަނާކަމެކެވެ. އުސޫލުގައިވާ ގޮތުން މި މާރުކޭޓުގައި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭނެއެވެ. މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ފެށިގެން ރޭގަނޑު 11:00 އަށް ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އުސޫލުގައިވާ ގޮތުން މާރުކޭޓު މާރިޗު މަހުގެ 26 ވަނަ ދުވަހަށް ރޯދަމަސް ނިމުމާއެކު މާރުކޭޓު ހުސްކުރަން ޖެހެއެވެ.
މިކަމަށް އެދި ޝައުޤުވެރިވާ ރަށު ކައުންސިލްތަކުގެ ފޯމު ހުށަހަޅަން ޖެހޭނީ، މިމަހުގެ 29 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިކަމަށް އެދި އެވުޒާރާއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި، ރަސްމީ ގަޑިތަކުގައި ވުޒާރާގެ ނަންބަރުތައް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ. ރޯދަމަހާއި ދިމާކޮށް މާލެ ސަރަހައްދުގައި ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ހުޅުމާލޭގައިވެސް ވަގުތީ މާރުކޭޓެއް ޤާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސަރުކާރުން ވަނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހުވެސް ރައްޔިތުންނަށް އަސާސީ ބާވަތްތައް ހެޔޮ އަގުގައި ލިބޭނެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާނެކަން ހާމަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
