
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނުގެ ކަރާޗީގެ މޯލެއްގައި ހިނގި އަލިފާނުގެ ހާދިޘާއެއްގައި މަރުވި މީހުންގެ ޢަދަދު 50އަށް އަރައިފިއެވެ. 1،200އަށްވުރެ ގިނަ ފިހާރަ ހުންނަ ގުލް ޕްލާޒާ މޯލްގައި ރޯވި މި އަލިފާންގަނޑަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިޘާއެވެ. ޖަނަވަރީ މަހުގެ 17ވަނަ ދުވަހު ރޯވި އަލިފާންގަނޑު ނިއްވައިލުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވައިލެވުނީ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުއެވެ. އޭރު މުޅި އިމާރާތް ވަނީ އަނދާ އަޅިއަށްވެފައެވެ.
އެ ހާދިޘާއާ ގުޅިގެން 84 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ގެއްލިފައި މީހުން އިމާރާތުގެ ތެރޭގައި މަރުވެފައިވާ ކަމަށް ބެލެވެއެވެ. އެހެން ކަމުން މަރުވި މީހުންގެ ޖުމްލަ ޢަދަދު ކުރިއަށް އޮތް ތަނުގައި އަދި ވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ. އަލިފާނުގެ ހާދިޘާ ހިނގުމަށް މެދުވެރިވީ ކަރަންޓުގެ މައްސަލައެއް ދިމާވެގެން ކަމަށް ބެލެވެއެވެ. ކަމާ ގުޅޭ އިދާރާތަކުން އަދިވެސް ދަނީ އަލިފާން ރޯވި ސަބަބު ތަހުޤީޤުކުރަމުންނެވެ. ހާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ބަދަލުގެ ގޮތުގައި 35،000 އެމެރިކާ ޑޮލަރު ދިނުމަށް، ކަރާޗީ އޮންނަ ސިންދު ޕްރޮވިންސުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
