
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީންގެ ޣައްޒާގެ ދެކުނު ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީންގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް، ޔަހޫދީންގެ ނިރުބަވެރި ފައުޖުން އަނެއްކާވެސް އަންގަން ފަށައިފިއެވެ. މިއީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންގެ ނިރުބަވެރި ފައުޖާ ދެމެދު ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް މިދިޔަ އޮކްޓޯބަރު މަހު ޢަމަލުކުރަން ފެށި ފަހުން، ޣައްޒާއިން ފަލަސްޠީންގެ ރައްޔިތުން ގަދަކަމުން ބޭރުކުރަން ޔަހޫދީން މަސައްކަތް ކުރާ ފުރަތަަމަ ފަހަރެވެ. ޙަމާސުން ބުނީ، ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް އަތްގަދަކުރަން ޔަހޫދީން ކުރާ މަސައްކަތް ފުޅާކުރަމުންދާ ކަމަށާއި، އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީންގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް އަންގަމުންދާ ކަމަށެވެ.
މިގޮތުން، ޣައްޒާގެ ދެކުނުގައި ހުންނަ ވަގުތީ ހިޔާތައް ހުސްކުރަން އަންގާ، ލީފްލެޓުތަކެއް އަޅާފައިވާކަމަށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ބުންޏެވެ. ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިންވެސް، ވަކި ސަރަޙައްދަކަށް ޔަހޫދީން ޙަމަލާ ދިނުމުގެ ކުރިން މިފަދަ ލީފްލެޓުތައް ބަހާފައިވެއެވެ. ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ނަމަވެސް ޔަހޫދީން ދަނީ ޣައްޒާއަށް ތަކުރާރުކޮށް ޙަމަލާތައް އަމާޒުކުރަމުންނެވެ. އެ ގޮތުން އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން މިހާތަނަށް ފަލަަސްޠީނުގެ 400އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ޔަހޫދީން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހުންނަ އިމާރާތްތައް ސުންނާފަތިކޮށް، ޣައްޒާގެ ރައްޔިތުން ގެދޮރުން ބޭރުކޮށްފައެވެ. ޣައްޒާގެ ދެ މިލިޔަނެއްހާ މީހުން މިހާރު ދިރިއުޅެމުން ދަނީ ފޭލިގެތަކުގައި އާއި ގެއްލުން ލިބިފައިވާ އިމާރާތްތަކުގައެވެ.
ޣައްޒާގައި އުޅޭ ފަލަސްޠީންގެ ރައްޔިތުން ގަދަކަމުން ބޭރުކުރަން ޔަހޫދީން އަނެއްކާވެސް މަސައްކަތް ކުރަން ފަށާފައިމިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުންދާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށިފައިވާކަން އެމެރިކާއިން އިޢުލާނުކޮށްފައިވަނިކޮށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
