
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ކުޅިވަރު ކުރިއަރުވައި ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ މަގްސަދުގައި ބާއްވާ އެންމެ ބޮޑު ހަރަކާތްކަމުގައިވާ ވޯލްޑިވްސް ސްޕޯޓްސް އެވޯޑު، އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު، “ޕީއެސްއެމް ނިއުސް” އާ ވާހަކަދައްކަވަމުން ވިދާޅުވީ، އެވޯޑު ކޮމިޓީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ކުރީއަހަރުތަކާ ޚިލާފަށް، އައު ބައެއް ކަންކަން ވެސް މިފަހަރުގެ އެވޯޑު ޙަފްލާއިން ފެނިގެންދާނެ ކަމަށެވެ. “މި އެވޯޑިންއަށް، ކުރީ އަހަރުތަކާ ޚިލާފަށް، އެ ލިބޭ އެވޯޑުތަކުގެ ސެޓްފިކެޓު ދިނުން، އިތުރުކަމެއްގެ ގޮތުގައި މިފަހަރު އަޅުގަނޑުމެން ހިމަނާފައި މިވަނީ. ސަބަބަކީ އެތުލީޓުންގެ ސީވީއަށް އެޑުކުރަން ފަސޭހަވާނެ އަދި އޭތި ޖަސްޓިފައިކޮށްދޭން ވެސް ފަސޭހަ ވާނެ އެ ލިބޭ އެވޯޑު، ސެޓްފިކެޓަކާ އެއްކޮށް ލިބުން”. ވަޒީރު ރާފިއު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެވޯޑު ދިނުމުގެ ކަންކަން، އެސޯސިއޭޝަންތަކާ ގުޅިގެން ވަރަށް ބާރަށް ކުރަމުންދާ ކަމަށާއި، މައުލޫމާތު އެއްކޮށް، ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ވެސް އެވޯޑު ކޮމިޓީން ކުރަމުންދާ ކަމަށެވެ. “އަޅުގަނޑުމެން ޕްލޭންކޮށްފައި މިވަނީ، އަންނަ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުގެރޭ، ސޯޝަލް ސެންޓަރުގައި، ހަމަ އަޅުގަނޑުމެންގެ އެ ތީމުގައި ސްޕޯޓްސް އެވޯޑު، އެވޯޑު ނައިޓެއްގެ ގޮތުގައި ފާހަގަކުރަން”. މި ޙަފްލާ ބާއްވާނެ ތާރީޚާއި ތަނާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައި ވަޒީރު ރާފިއު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ވަރަށް ގިނަ ކަންތައްތަކެއް މި ޙަފްލާގެ ތެރެއިން ފެނިގެންދާނެކަން ވެސް ފާހަގަކުރެއްވިއެވެ. އަދި އެއިން ބައެއް ކަންކަން ވަޒީރު ވަނީ “ޕީއެސްއެމް ނިއުސް” އާ ހިއްސާކުރައްވާފައެވެ. “ކުޅިވަރުގެ މުއައްސަސާތަކާއި، މުޅި ކުޅިވަރު ކޮމިއުނިޓީއަށް ގެނެވުނު އިމްޕެކްޓްފުލް ކަންތައްތަކެއް ވަރަށް ރަނގަޅަށް ހާމަވެގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަނީ. އަދި އެތުލީޓުންނަށް ޙާއްސަކުރެވިގެން ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވިގެން އެބަދޭ. އެހެންވީމަ އެކަމުގެ އުފާވެސް އަޅުގަނޑުމެން މި އެވޯޑު ނައިޓުގައި އިރާދަކުރެއްވިއްޔާ ފާހަގަކުރާ ގޮތަށް ހަމަޖެހިފައި މިވަނީ”. ކުޅިވަރު އާއިލާއިން އެދޭނެ، ބޭނުންވާނެ ކަންތައްތަކެއް މި ޙަފްލާގެ ތެރެއިން ފެނިގެންދާނެކަން ހާމަކުރައްވައި ވަޒީރު ރާފިއު ވިދާޅުވިއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި އެވޯޑު ހަފްލާއެއް ބާއްވައި ކުޅުންތެރިންގެ އަގުވަޒަންކޮށް، އެވޯޑު ދޭން އެންމެފުރަތަމަ ފަށާފައި ވަނީ 2022 ވަނަ އަހަރުއެވެ. މި އެވޯޑް ޙަފްލާއަކީ، ރާއްޖޭގެ ކުޅިވަރު އާއިލާއިން ނުހަނު އިންތިޒާރުކުރާ ޙަފްލާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
