
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ބަދަލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވީ ނަމަވެސް، އެ ޖަޒީރާތަކަކީ ތާރީޚީ އަދި ޖިއޮގްރަފީ ގޮތުން ރާއްޖޭގެ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އިނގިރޭސި ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ގުޅުން މޮރިޝަސްއަށްވުރެ މާ ބޮޑެވެ. މިގޮތުން މޮރިޝަސްއަށްވުރެ ރާއްޖެއާ ފޯޅަވަހި މާ ކައިރިވުމާއި، އެ ރަށްރަށުން ފެނިފައިވާ 900 އަހަރުވީ ދިވެހި މަހާނަގާތަކާއި، 16 ވަނަ ގަރުނުގެ ރަސްމީ ލިޔެކިޔުންތަކަކީ މިކަމުގެ ހެކިތަކެވެ. އަދި ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ޑީ.އެން.އޭ އިންވެސް ދިވެހި ނަސްލުގެ ހިއްސާ ފެންނަން އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ދިވެހި ސަރުކާރުގެ ކަންބޮޑުވުންތަކާއި ދަޢުވާ ރަސްމީކޮށް އިނގިރޭސި ސަރުކާރަށް މިހާރު ވަނީ ހުށަހަޅާފައެވެ. ރައީސް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން އެ ޤައުމަށް އިޤްތިސާދީ ބުރައެއް އުފުލަންޖެހޭއިރު، ރާއްޖޭގެ ހުށަހެޅުމަށް އަމަލުކޮށްފިނަމަ ބޮޑު ޚަރަދެއް ސަލާމަތް ކުރެވޭނެއެވެ. މި މައްސަލައިގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތުގެ ގާތް ގުޅުމަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި އެހެނިހެން ގޮތްގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތީ ވަރުގަދަ ގުޅުމެއްކަން ރައީސް ތަކުރާރުކުރެއްވިއެވެ. މިއީ ހަމައެކަނި ސިޔާސީ ކަމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚީ ތަރިކަ އާއި އިންސާފު ހޯދުމަށް ކުރާ ޤައުމީ މަސައްކަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
