
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2022ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބުން ސްވިޒަލެންޑުގެ ޑާވޮސްގައި ބައްދަލުކުރައްވައިފިއެވެ. ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށް ޓްރަމްޕް އަބަދުވެސް ދަނީ ވިދާޅުވަމުންނެވެ. އެ ގޮތުން އެމެރިކާއިން ދަނީ ވިލާތުގެ ބާރުތަކާއި ޔޫކްރެއިންއާއެކު، އަދި ރަޝިޔާއާއެކު އެ ކަމާ ގުޅޭ ވަކިވަކި މަޝްވަރާތައް ބާއްވަމުންނެވެ. ނަމަވެސް މިހާތަނަށް ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އާދެވިފައެއް ނުވެއެވެ.
ޑާވޮސްގައި ކުރިއަށްދާ ވޯލްޑް އެކޮނިިކް ފޯރަމްގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ބައިވެރިވެފައި ވަނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޓްރަމްޕްގެ ދަނބިދަރިކަލުން ޖާރިޑް ކުޝްނާއެވެ. ރަޝިޔާގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޚާއްޞަ މަންދޫބު، ކިރިލް ދިމިތުރީވްއެވެ. ރަޝިޔާއިން ބުނީ ބައްދަލުވުމުގައި މުހިންމު ވާހަކަތައް ދެކެވުނު ކަމަށާއި މައްސަލައިގައި ރަޝިޔާއިން ދެކޭ ގޮތް އެހެން ފަރާތްތަކަށް ވިސްނޭ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށެެވެ. ވިޓްކޮފް ވެސް ވިދާޅުވީ ދެ ގަޑިއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.
އެމެރިކާއިން ގްރީންލޭންޑު އިސްތިޢުމާރުކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވަމުންދާ މި ދަނޑިވަޅުގައި، ޔޫކްރެެއިންއަށް ވާގިވެރިވާ ވިލާތުގެ ޤައުމުތަކުން ދަނީ ޔޫކްރެއިންގެ ސަރަޙައްދެއް ރަޝިޔާއަށް ދޫކޮށްލުމަށް އެމެރިކާއިން ބާރުއަޅަފާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
