
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް، އެމެރިކާ އިސްވެއޮވެ އެކުލަވާލާފައިވާ ޞުލްޙައިގެ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ މަދަނީ-އަސްކަރީ ކޯޑިނޭޝަން ސެންޓަރު، ސީއެމްސީސީގައި ބައިވެރިވުމާމެދު ބައެއް ޤައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 2025ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޤާއިމްކޮށްފައިވާ ސީއެމްސީސީގެ މައިގަނޑު މަސައްކަތަކީ ޞުލްޙައިގެ އެއްބަސްވުމާ ގުޅޭ ކަންތައްތައް ގާތުން ބަލައި، ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އެހީތެރިވުމާއި ހަނގުރާމައަށް ފަހު ޢަމަލުކުރާ ސިޔާސަތުތައް އެކުލަވައިލުމަށް އެހީތެރިވުމެވެ.
ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ގިނަ ޤައުމުތަކަކުން ސީއެމްސީސީގައި މަސައްކަތް ކުރުމަށް އަސްކަރީ ރޭވުންތެރިންނާއި ޖާސޫސީ މުވައްޒަފުން ހިމެނޭހެން މުވައްޒަފުން ފޮނުވާފައިވެއެވެ. ނަމަވެސް ޑިސެމްބަރު މަހުގެ ތެރޭގައި އައި ޗުއްޓީއަށް ފަހު، ސީއެމްސީސީގައި މަސައްކަތް ކުރުމަށް ބައެއް ޤައުމުތަކުން ފޮނުވާފައިވާ މުވައްޒަފުން އަނބުރާ މަސައްކަތަށް އައިސްފައެއް ނުވެއެވެ. އެ ޤައުމުތަކުން ވަނީ ސީއެމްސީސީގެ މަޤްސަދުތަކާމެދު ސުވާލު އުފައްދައި، އެ އިދާރާގެ މަޤްސަދުތަކަކީ ވަކި އަމާޒެއް ނެތް މަޤްސަދުތަކެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ޣައްޒާއަށް އެހީގެ ސަމާނު އެތެރެކުރާ މިންވަރު ވެސް އެދެވޭ މިންވަރަށް އިތުރުވެފައި ނުވާ ކަމަށް ޤައުމުތަކުން ދަނީ ފާހަގަކުރަމުންނެވެ.
ރަސްމީ ސިފައެއްގައި އެއްވެސް ޤައުމަކުން މިހާތަނަށް ސީއެމްސީސީން ވަކިވެފައިނުވާއިރު، ބައެއް ސަރުކާރުތަކުން ސީއެމްސީސީއަށް މުވައްޒަފުން ފޮނުވާ ޢަދަދު މަދުކުރުމަށް ދަނީ ވިސްވަމުންނެވެ. އަދި ބައެއް ޤައުމުތަކުން އެއްވެސް ވަރަކަށް މުޒައްޒަފުން ނުފޮނުވުމާމެދު ވެސް ދަނީ ވިސްނަމުންނެވެ. ސީއެމްސީސީގައި ފަލަސްޠީނުގެ މަންދޫބުން ނުހިމެނޭއިރު، ސީއެމްސީސީގައި ވިލާތުގެ ޤައުމުތަކުގެ ބައިވެރިވުން ކުޑަވެއްޖެނަމަ އެމެރިކާއާއި ޔަހޫދީންގެ ނުފޫޒު އެ އިދާރާގައި އިތުރުވާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
