
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މީސްމީޑިޔާގައި ކުރިމަތިވާ ނުރައްކާތަކުން ކުޑަކުދިން ސަލާމަތްކުރުމަށް، އޮސްޓްރޭލިޔާއިން ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރަން އެޅި ފަދަ ފިޔަވަޅުތަކާމެދު، އިނގިރޭސިވިލާތުން މަޝްވަރާތައް ފަށައިފިއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ، މީސްމީޑިޔާގެ ނުރައްކާތަކުން ކުޑަކުދިން ހިމާޔަތްކޮށްދިނުމަށް، ދުނިޔޭގެ އެކި ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކުން ނުކުތް ނަތީޖާތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. މިގޮތުން، ކުޑަކުދިންނަށް މީސްމީޑިޔާ ބޭނުންކުރުން މަނާކުރުމަކީ އެންމެ ރަނގަޅު ފިޔަވަޅުތޯ ވެސް ދިރާސާކުރަމުންދާ ކަމަށާއި، އެފަދަ ފިޔަވަޅެއް އަޅައިފިނަމަ، އެކަން އެންމެ ރަނގަޅަށް ތަންފީޒުކުރެވިދާނެ ގޮތްތަކާމެދުވެސް މަޝްވަރާކުރެވެމުންދާ ކަމަށް ބުނެފައިވެއެވެ.
އިނގިރޭސިވިލާތުން މި މަޝްވަރާތައް ފަށާފައި މި ވަނީ، އޭއައި ބޭނުންކޮށްގެން އުފައްދާ ކުޑަކުދިންނަށް އެކަށީގެންނުވާ އެކި ޒާތުގެ ކޮންޓެންޓު ވަރަށް ބޮޑަށް އިތުރުވެ ކަންބޮޑުވުން އުފެދިފައި ވަނިކޮށެވެ. އަދި މި މަހު އީލޮން މަސްކްގެ އޭއައި ޗެޓްބޮޓް ގްރޮކް އެކްސް އޭއައި އިން ކުޑަކުދިން ވެސް ހިމެނޭ ގޮތަށް މީހުންގެ ފޮޓޯ ބަރަހަނާކޮށް ހެދޭ މައްސަލަ ވެސް ވަރަށް ހޫނުވެފައި ވަނިކޮށެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ، އޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯ ބަރަހަނާކުރެވޭ ގޮތް މަނާކުރަން ނިންމާފައިވާ ކަމަށާއި، އަދި ކުޑަކުދިން ގެންގުޅޭ ޑިވައިސްތަކުން ބަރަހަނާ މަންޒަރުތައް ނުބެލޭނެ ގޮތް ހެދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހު އޮސްޓްރޭލިޔާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރުމާ ގުޅިގެން، އެ އުމުރުފުރައިގެ ކުދިން ބޭނުން ކުރަމުންދިޔަ ފަސް މިލިޔަނެއްހާ މީސްމީޑިޔާ އެކައުންޓު މިހާތަނަށް ވަނީ ޑީއެކްޓިވޭޓްކޮށްފައެވެ. އޮސްޓްރޭލިޔާގައި ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރުމަށް އަޅާފައިވާ ފިޔަވަޅަކީ ދުނިޔޭގެ އެއްވެސް ސަރަޙައްދެއްގައި އަޅާފައިވާ މި ފަދަ ފުރަތަމަ ފިޔަވަޅެެވެ. އެ ނިންމުމާއެކު އޮސްޓްރޭލިޔާގައި އިންސްޓަގްރާމްއާއި ފޭސްބުކްއާއި ޔޫޓިއުބްއާއި ޓިކްޓޮކްއާއި ސްނެޕްޗެޓްއާއި އެކްސް ހިމެނޭ ގޮތަށް ގިނަ މަޤުބޫލު މީސްމީޑިޔާ މަންސަތައް ބޭނުން ކުރުން 16 އަހަރުން ދަށުގެ ކުދިންނަށް ވަނީ މަނާވެފައެވެ. ކުޑަކުދިން ބޭނުންކުރާ އެކައުންޓުތައް ނުފޮހެލާ ނަމަ މީސްމީޑިޔާ ކުުންފުނިތަކުން ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. އެ ގޮތުން ޤާނޫނު އެކުލަވާލާފައި ވަނީ އެ ޤާނޫނު ތަންފީޒު ކުރުމަށް އެދެވޭ ފިޔަވަޅުތައް ނާޅާ ކުންފުނިތައް 33 މިލިޔަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
