
(ފޮޓޯ ކްރެޑިޓްސް: ސަން)
މާލޭގެ ގަލޮޅު ރަސްމީ ބޯޅަ ދަނޑު ތަޅާލައި، ރާއްޖޭގެ ނޭޝަނަލް ސްޓޭޑިއަމް ހުޅުމާލޭ ފޭސް 1 އަށް ބަދަލުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ގަލޮޅު ދަނޑަކީ މިހާރު އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ ތަނަކަށް ނުވާތީއާއި، ޓްރެފިކާއި ޕާކިން ފަދަ ދަތިތައް ހުރުމުން، އެތަން ތަޅާލުމަށްފަހު އާންމުންނަށް ކުޅިވަރު ކުޅެވޭނެ މަރުކަޒަކަށް ބަދަލުކުރެވޭނެއެވެ. ހުޅުމާލޭގައި އަލަށް ބިނާކުރާ ދަނޑު ވެގެންދާނީ ބައިނަލްއަގުވާމީ ސަލާމަތީ މިންގަނޑުތަކަށް ފެތޭ، ޒަމާނީ ވަސީލަތްތައް ހިމެނޭ ތަނަކަށެވެ. މި މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، ގަލޮޅު ދަނޑުގައި އަޅާ އާ މަރުކަޒުގެ ކޮންސެޕްޓް ޑިޒައިން ވެސް މިހާރު ވަނީ ނިމިފައެވެ. 1979 ވަނަ އަހަރު ބިނާކުރި ގަލޮޅު ދަނޑަކީ ދިވެހި ފުޓުބޯޅައިގެ ގިނަ ހަނދާންތަކަކާ ގުޅިފައިވާ ތާރީޚީ ބިނާއެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
