
(ފޮޓޯ ކްރެޑިޓްސް: ސާފް)
ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި، ވާދަވެރި އިންޑިއާ އާ ދެކޮޅަށް ކުޅެ މޮޅުވެއްޖެއެވެ. ބެންކޮކުގެ ނޮންތަބުރީ ހޯލުގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 0-5 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާ ނުރައްކާކުރީ އިންޑިއާއިންނެވެ. ދެ ޓީމުން ވެސް ގިނަ ފައުލްތަކެއް މި ހާފުގައި ފެނިގެންދިޔައިރު، އިންޑިއާ އިން މިހާފުގައި އުފެއްދި ހުރިހާ ހަމަލާއެއް ގޯލަށް ވަނުން ހުއްޓުވުމުގައި ރާއްޖޭގެ ކީޕަރު ޒައިދާން އަޙްމަދު ވަނީ ހުށިޔާރުކަން ދައްކާފައެވެ. މި ހާފުގައި ރާއްޖެއިން ލަނޑުޖަހައި ލީޑުނެގިއިރު، ހާފުގެ 12 ވަނަ މިނެޓުގައި، ކައުންޓަރ އެޓޭކެއްގައި ތަނަވަސްވި ފުރުސަތަކުން، އަބްދުﷲ ޝާއު (ޝާއްޕެ)، މުޅިން ހުސްކޮށްލާފައި ދިން ޕާހަކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙަައްމަދު އިމްރާން (އިންމި) އެވެ.
ފުރަތަމަ ހާފުގައި ފަހަތުގައި މަޑުކޮށްގެން ޑިފެންސިވް ގޭމެއް ރާއްޖެއިން ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި ކުރިއަށް ޖެހި ރާއްޖެއިން ވަނީ ހާފުގެ ކުރީކޮޅު ދެ ލަނޑު ޖަހާފައެވެ. އެގޮތުން ހާފު ފަށައިގެން ދޮޅު މިނެޓުގެ ތެރޭގައި އިންޑިއާގެ ކީޕަރު ވެސް ބީޓުކޮށްލާފައި ޝާފިއު ރާއްޖޭގެ ދެވަނަ ލަނޑުޖަހައިދީ ލީޑުފުޅާކުރިއިރު، އޭގެ ތިން މިނެޓެއްހާއިރު ފަހުން އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ ހުޒެއިފަތު ރަޝީދު (ހުޒޭ) މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކަުން ޝަމާލް ކާމިޔާބުކުރި ލަނޑެކެވެ. ރާއްޖޭގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އަނެއްކާ ވެސް އިމްރާނެވެ. މިއީ ހާފުގެ 15 ވަނަ މިނެޓުގައި، ޕަވާ ޕްލޭ އެއްގައި އިންޑިއާގެ ކުޅުންތެރިން ކުރިއަށް އަރާހުރި ވަގުތު، ޝާފިއު ބޯޅަ ހޯދުމަށްފަހު އިންމި އަށް ޖައްސާލުމުން، އަމިއްލަ ހާފުގައި ހުރެފައި އިމްރާން ކާމިޔާބުކުރި ލަނޑެކެވެ.
ރާއްޖެއިން މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ ވެސް، ޕަވާ ޕްލޭގައި އެ ޓީމުގެ ހުރިހާ ކުޅުންތެރިން ކުރިއަށް އެރި ވަގުތު ބޯޅަ ލިބުމުން، އަޙްމަދު ހަމީދު (އައްމަޑޭ) އަމިއްލަ ހާފުގައި ހުރެފައި ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މި ނަތީޖާއާއެކު ރާއްޖެއަށް މިވަނީ ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އުއްމީދު ވަރަށް ބޮޑުކޮށްފައެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ރާއްޖެއިން ތާވަލުގެ އެއްވަނައިގައި އޮތީ ޖުމްލަ ނުވަ ޕޮއިންޓާއެކުއެވެ. ރާއްޖެއާ އެންމެ ކައިރިން ދެވަނައިގައި އޮތް ޕާކިސްތާނަށް ހަތަރު މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.
ތިންވަނައިގައި އޮތް ނޭޕާލަށް ތިން މެޗުން ފަސް ޕޮއިންޓު ލިބިފައިވާއިރު ރާއްޖެ އަތުން ބަލިވި އިންޑިއާއަށް ތިން މެޗުން ދެ ޕޮއިންޓާއެކު މިވަގުތު ލިބެނީ ތާވަލުގެ ހަތަރުވަނައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
