
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ފުޓުބޯޅައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ ގަދަބާރެއްކަން ފާހަގަކޮށް، އެފަދަ ޓީމެއް އަތުން ބަލިވުމަކީ މާޔޫސްވާންޖެހޭ ސަބަބެއް ނޫންކަމަށް ކްލަބް އީގަލްސްގެ ކޯޗު ޢަބްދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ. ލީގުގައި މާޒިޔާ އަތުން 0-3 އިން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ހަނީފް ބުނީ، މެޗު ފެށުނީއްސުރެ ވެސް އީގަލްސްއަށް ވުރެ މޮޅަށް ކުޅެމުން ދިޔައީ މާޒިޔާއިން ކަމަށާއި، ސްކޮޑުގެ ކުޅުންތެރިންނަށް ބަލާއިރު ވެސް މާޒިޔާ އަކީ އީގަލްސްއަށް ވުރެ ވަރުގަދަ ޓީމެއް ކަމަށެވެ. ކަން މިހެން އޮތްއިރު މާޒިޔާ އަތުން ބަލިވުމުން މާޔޫސްވާން ނުޖެހޭކަމަށް ބުނެ ހަނީފް ބުނީ، މާޒިޔާ އަތުން ޕޮއިންޓެއް ހޯދުން ނުވަތަ މޮޅަކާއެކު ތިން ޕޮއިންޓު ހޯދުން ވާނީ އީގަލްސްއަށް ލިބޭ ބޯނަސްއަކަށް ކަމަށެވެ.
“މާޔޫސްވާން ޖެހޭ ސަބަބެއް ނެތްކަންނޭނގެ އަނެއްހެން. މާޒިޔާ އަކީ ލީގުގެ އެއްވަނައިގައި ވެސް އޮތް ޓީމު. ޕޮއިންޓެއް ލިބުނުނަމަ ނުވަތަ މޮޅެއް ލިބުނު ނަމަ ބޯނަސް އެއްކަމަށް މި ބަލަނީ އެއީ. އެހެންވީމަ އަނެއްހެން މާޔޫސެއް ނުވޭ މާ ބޮޑަކަށް”. ނަޒީހް ބުންޏެވެ. ލީގުގައި އީގަލްސްގެ މައްޗަށް މާޒިޔާއިން މޮޅެއް ހޯދައި ލީގު ޓައިޓަލް ޔަގީންކުރުމާ ފިޔަވަޅެއްހައި ގާތަށް ޖެހިލިއިރު، ލީގުގައި ދެން އޮތް މެޗުގައި ބުރު ސްޕޯޓްސް ކުލަބު އަތުން މާޒިޔާ މޮޅުވެއްޖެނަމަ، ފަސްވަނަ ފަހަރަށް މާޒިޔާއަށް ދިވެހި ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ.
ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ތިން މެޗު އޮތްއިރު އެއްވަނައިގައި މާޒިޔާ އޮތީ 15 މެޗުން 43 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮޑި ސްޕޯޓްސް ކުލަބު އޮތީ 35 ޕޮއިންޓާއެކުއެވެ. އެހެންކަމުން މާޒިޔާއިން ދެން އޮންނަ މެޗުން މޮޅެއް ހޯދައި ތިން ޕޮއިންޓު ހޯދައިފިނަމަ 46 ޕޮއިންޓު ލިބޭއިރު، ތިން މެޗުން އޮޑިއަށް އެ އަދަދަކަށް ޕޮއިންޓެއް ނުހޯދޭނެއެވެ. މާޒިޔާ އަތުން ބަލިވި އީގަލްސްއަށް ލީގު ތާވަލުގައި ލިބެނީ ފަސްވަނަ އެވެ. އެއީ ކުޅުނު 15 މެޗުން 22 ޕޮއިންޓާއެކުއެވެ
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
