
ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެއަށް މިހާރު ބާކީއޮތް އެންމެ ބޮޑު އިމްތިހާނަކީ އިންޑިއާ ކަމަށާއި މިމެޗު ވަރަށް ސީރިއަސްކޮށް ނަގަންޖެހޭކަމަށް ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ކޯޗު އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ 2 މެޗު ތަފާތު ބޮޑުކޮށް ކާމިޔާބުކުރުމަށްފަހު ކޯޗު ޒަކީރޯވް ބުނީ މިހާރު ހުރިހާ ޓީމަކުންވެސް ދިވެހިރާއްޖެއާއި ދެކޮޅަށް ނިކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންކަމަށާއި އެކަމަށް ރާއްޖެވެސް ވިސްނަންޖެހޭނެކަމަށެވެ. އަދި މިހާރު ކުރިއަށް ހުރި މެޗުތަކުގެ ތެރެއިން އެންމެ އުނދަގޫވާނެ އެއް މެޗަކީ މިއަދު އިންޑިއާ އާއި ބައްދަލުކުރާ މެޗު ކަމަށާއި މިމެޗަށް ދިވެހި ޓީމުން ނިކުންނާނީ ރަނގަޅަށް ތައްޔާރުވެ އިންޑިއާގެ ގޭމް ދަސްކޮށްގެންކަމަށެވެ.
ކޯޗު އިތުރަށް ބުނީ މުބާރާތުގެ ކުރީކޮޅު ޓީމުތަކަށް އިދިކޮޅު ޓީމުތަކުގެ ކުޅުން ފެނިފައިނެތުމުން މެޗުތަކަށް އެންމެ ރަނގަޅަށް ތައްޔާރުވާން ނޭންގުނަސް މިހާރު ހުރިހާ ޓީމަކަށްވެސް ހުރިހާ ޓީމެއްގެ ކުޅުމާއި ގޭމްޕްލޭންތައް ފެނިފައި ހުރުމަކީ ވިސްނަންޖެހޭނެ ކަމެއްކަމަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ޕާކިސްތާނުގެ މައްޗަށް 1-7 އިން ކުރިހޯދާފައެވެ. އަދި ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 1-6 ގެ ނަތީޖާއަކުންނެވެ. އިންޑިއާވެސް މިމުބާރާތުގައި އަދި އެއްވެސް މެޗަކުން ބައްޔެއްނުވެއެވެ. ކުޅުނު 2 މެޗުންވެސް ވީ އެއްވަރެވެ. އަދި 2 ޕޮއިންޓާއެކު ލީގު ތާވަލްގެ 5 ވަނަގައި އޮތްއިރު ދިވެހިރާއްޖެ އޮތީ 6 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ.
ރާއްޖެ ކޯޗުގެ އިތުރުން ޓީމުގެ ކުޅުންތެރިންވެސް ބުނީ މިއަދު އިންޑިއާ އާއި ބައްދަލުކުރާ މެޗަށް ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވަމުންދާ ކަމަށާއި މިމެޗު ނަގަން ވަރަށް މަސައްކަތްކުރާނެ ކަމަށެވެ. އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދުރުފަހު 3 ޖަހާއިރެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ގެނެސްދޭނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
