
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)
ރައްޔިތުން އިޚްތިޔާރު ކުރަންވީ ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކަންކަމަށް ހުރަސްނާޅާ ވެރިންތަކެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާ ސްޕީޑުގައި މަސައްކަތް ކުރެވޭނެ ވެރިންތަކެއް ހޮވުމަށް ގޮވާލައްވާފައެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލުގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް ވަނީ މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެވޭނެ ފަދަ ވެރިން ހޮވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ނައިބު ރައީސް ވިދާޅުވީ، މާލެ ސިޓީއަކީ ބޮޑު ތާރީޚެއް އޮތް ތަނެއް ކަމަށާއި އެތާރީޚުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މާލެ ސިޓީގެ މޭޔަރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިންވެސް ރައްޔިތުންގެ ކުލުނާއި ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު މާލެ ސިޓީއަށް ތަޞައްވުރު ކުރެއްވި ކަންކަން މެނިފެސްޓޯގައި ހިމަނުއްވައިގެން އެމަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް މާލެއަށް ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުން ގެންދަވާ ދުވެލީގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެއީ ޤައުމުދެކެ ލޯބިވާ ފަރާތަކަށް ވާންޖެހޭނެކަން ފާހަގަކުރައްވާ، ނައިބު ރައީސް ވަނީ ޕީއެންސީން އިންތިޚާބުގައި ވާދަކުރައްވަނީ އެފަދަ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ބޭނުންވަނީ ޖަވާބުދާރީކުރުވުމަށް ކަމަށް ބުނެ ކަންކަމަށް ހުރަސްއަޅާ ވެރިންތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ފަރާތްތައް ރައްޔިތުން އިޚްތިޔާރުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހަށް އިޝާރަތްކުރައްވައި ނައިބު ރައީސް ވިދާޅުވިއެވެ. ” އެކަންކަމަށް ކަނޑައަޅުއްވާފައިވާ ފަރާތްތައް އެތިއްބެވީ އެބޭފުޅުންގެ މަންދޫބުންގެ ގޮތުގައި އިޚްތިޔާރު ކުރައްވާފައި. އެހެންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވާނީ އެދާއިރާތަކުގެ މެންބަރުން، އެ މުޢައްސަސާތަކުން. ކައުންސިލްތަކާއި ސިޓީކައުންސިލްތަކާއި، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން ބޭނުންފުޅު ވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ކަންކަން މަގުފަހިކޮށްދޭނެ ވެރިންތަކެއް. އެވެރިން އިޚްތިޔާރު ކުރެއްވުމުގައި އަޅުގަނޑުމެން އެދެނީ މި މާލެ ސިޓީންވެސް އެމަނިކުފާނު ތަޞައްވުރު ކުރެއްވި ފަދަ ވެރިއެއް ހޮއްވަވައިދެއްވުމަށް. އެއީ އަޅުގަނޑު މިދަންނަވާ ވެރިއަކީ.” ނައިބު ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މާލެސިޓީއަށް ދިމާވެފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލެއްވިއެވެ. މާލެސިޓީ އަކީ ކާރުބާރުބޮޑު ތަނެއްކަން ފާހަގަކުރައްވާ، އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އަމާންކަމާއި އޮމާންކަމާއެކު މާލޭގައި އުޅެވެންޖެހޭ ކަމަށެވެ. ޕާކިން ފަދަ މައްސަލަތައް ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ރާވާފައިވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވޭނެ އެއްބޭފުޅަކީ މާލެސިޓީގެ މޭޔަރުކަމަށެވެ. ނަމަވެސް މިދިޔަ ދެ އަހަރު ތެރޭގައި އެގޮތަށް ކަން ހިނގާފައި ނުވާކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައިވަނީ ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައި ތިއްބެއްވީ އެއްޓީމެއްކަމަށާއި މޭޔަރަކީ އެޓީމުގެ ލީޑަރު ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ޤައުމަށް ބޭނުންވަނީ ޤައުމު ދެކެ ލޯބިވާ އެފަދަ ލީޑަރުންނާއި ވެރިންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
