
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އދގެ މަސައްކަތަށް ބުރޫ އަރާފާނެ ކަމަށް ބުނެ، ޣައްޒާގެ ހިންގުމާ ޙަވާލުވުމަށް އެމެރިކާއިން އެކުލަވާލައި ޞުލްޙައިގެ ބޯޑާމެދު ޤައުމުތަކުން ނުތަނަވަސްކަން ފާޅުކޮށްފިއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު، ނަމެއްގައި ވަނީ މެދުކަނޑައިލާފައެވެ. އެ އެއްބަސްވުމުގެ ދަށުން، ޣައްޒާގައި ވެރިކަން ކުރާނެ އިންތިޤާލީ ‘ޞުލްޙައިގެ ބޯޑެއް’ އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ޓްރަމްޕް އިސްވެ އުފައްދަވާ ސުލްޙައިގެ ބޯޑަކީ، އެ ކޮމިޓީގެ މައްޗަށް ބަސްބުނާނެ ބޯޑެކެވެ.
ޞުލްޙައިގެ ބޯޑުގެ މެންބަރުންގެ ގޮނޑީގެ މުއްދަތަކީ ގިނަވެގެން ތިން އަހަރެވެ. ނަމަވެސް ގިނަ ދުވަހަށް އެ ބޯޑުގެ މެންބަރެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ ޤައުމުތަކުން ޗާޓަރަށް ޢަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެއް ބިލިޔަން އެމެރިކާ ޑޮލަރު ނަގުދު ފައިސާއިން ދަައްކަން ޖެހެއެވެ. އެމެރިކާއިން މިހާރު ވަނީ އެ ބޯޑުގެ ޗާޓަރުގެ ދެލިކޮޕީ 60 ޤައުމަކަށް ފޮނުވައި މެންބަރުންނަށް ވުމުގެ ދައުވަތު ދެއްވައިފައެވެ. ނަމަވެސް ދައުވަތު ލިބުނު ޤައުމުތަކުގެ ތެރެއިން އެ ދައުވަތަށް ފާޅުގައި މަރުހަބާ ކިޔާފައި ވަނީ ހަންގޭރީއިން އެކަންޏެވެ. ހަންގޭރީގެ ރައީސް ވިކްޓޯ އޯރބަންއަކީ ޓްރަމްޕްއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ބައެއް ސަރުކާރުތަކުން ޞުލްޙައިގެ ބޯޑާ ގުޅޭ ކަންބޮޑުވުންތައް ފާޅުގައި ހާމަކޮށްފައި ނުވާ ނަމަވެސް އެ ޤައުމުތަކުގެ އިސްވެރިން ދަނީ ކާކުކަން ނޭނގޭ ގޮތަށް ބޯޑާ ގުޅުމާމެދު އެ ޤައުުތަކުގެ ސަރުކާރުން ޖެހިލުންވާ ކަން ހާމަކުރަމުންނެވެ. އެއީ އދގެ މަސައްކަތަކަށް ހުރަސްއެޅޭނެ ކަމަށް ބެލެވޭތީއެވެ.
އިިޓަލީ ވިލާތުން ބުނީ އެ ޤައުން އެ ޤައުމުގެ ޒިންމާ ޢަދާކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ. ކެނެޑާގެ ބޮޑުވަޒީރު މާކް ކާނޭ ވިދާޅުވީ އުޞޫލެއްގެ ގޮތުން ޓްރަމްޕްގެ ޞުލްޙައިގެ ބޯޑަށް އެ ޤައުމުން ތާއީދުކުރާ ކަމަށެވެ. ނަމަވެސް ވިލާތުގެ ބައެއް ޤައުމުތަކުން ވެސް ވަނީ ޗާޓަރެއްގެ ދަށުން ޞުލްޙައިގެ ބޯޑު ހިންގުމަށް ނިންމާފައިވާތީ އެ ކަމާމެދު ނުތަނަވަސްކަން ފާޅުކޮށްފައެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އދގެ ސަލާމަތީ މަޖިލީހުން ވަނީ ޞުލްޙައިގެ ބޯޑުގެ މަސައްކަތާ ގުޅޭގޮތުން ނިންމުންތަކެއް ނިންމާފައެވެ. އެއީ 2027ވަނަ އަހަރު މަސައްކަތް ފަށާގޮތަށް، އަދި ހަމައެކަނި ޣައްޒާގެ މައްސަލައަށް ސަމާލުކަންދޭ ގޮތަށެވެ. އެ ޤަރާރު ފާސްކުރުމަށް ނެގި ވޯޓުގައި ރަޝިޔާއާއި ޗައިނާއިން ބައިވެރިވެފައެއް ނުވެއެވެ. ދެ ޤައުމުން ވެސް ބުނީ އެ ޤަރާރުން ޣައްޒާގެ ކުރިމަގުގައި އދން ޢަދާ ކުރާނެ ދައުރު ސާފުނުވާ ކަމަށެވެ. އދން ބުނީ އެ ޖަމްޢިއްޔާގެ މަސައްކަތް ކުރުމުގެ މަތީގައި އެ ޖަމްޢިއްޔާއިން ދެމިއޮންނާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
