
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް ތެހެރާނުން “ހަރުކަށި ޖަވާބެއް” ލިބޭނެކަމަށް އީރާނުގެ ރައީސް މަސްއޫދު ޕީޒިޝްކިޔާން އިންޒާރު ދެއްވައިފިއެވެ. އޭނާ މިގޮތަށް އިންޒާރުދެއްވައިފައި މިވަނީ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގަމުންދާ ކުރިމަތުލުންތަކުގައި މަރުވި މީހުންގެ އަދަދު 5،000 މަށްޗަށް ގޮސްފައިވާކަމަށް އީރާނުގެ އޮފިޝަލުން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މަރުވި މީހުންގެ ތެރޭގައި ގާތްގަނޑަކަށް 500 ސަލާމަތީ މުވައްޒަފުން ހިމެނޭކަމަށްވެސް އޮފިޝަލުން މައުލޫމާތުދެއެވެ.
އީރާނުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހި އެ ޤައުމުގެ ރައްޔިތުން ދަނީ މިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުން ފެށިގެން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. މުޒާހަރާތަކާ ގުޅިގެން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރަމްޕް ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން މުޒާހަރާތަކުގައި ބައިވެރިންނާ މެދު ހަރުކަށިކޮށް ކަންތައް ކުރަމުންދާނަމަ އަދި މުޒާހަރާގެ ބައިވެރިން މަރުވަމުންދާނަމަ އެކަމުގެ ތެރެއަށް ތަދައްޚުލުވާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި ޕޮލިޓިކޯއަށް ދެއްވި އިންޓަރވިއުއެއްގައި މިއީ އީރާނުގައި އައު ލީޑަރިޝިޕެއް އެކުލަވާލަންވީ ވަގުތުކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.
ހަމަނުޖެހުންތަކުގެ ތެރެއިން ބަންދުކޮށްފައިވާ މީހުން މަރާލުމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. އަދި ހުކުރު ދުވަހު ޓްރަމްޕް ވަނީ 800 މީހުން މަރާލުމަށް ތާވަލުކުރުމަށްފަހު އެކަމުގައި ކުރިޔަށްނުދާން ނިންމުމުން ތެރެހާނުގެ ލީޑަރުންނަށް ޝުކުރު އަދާކޮށް ޕޯސްޓެއްކުރައްވާފައެވެ. އޭގެ އެއް ދުވަސް ފަހުން އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ މުޒާހަރާގެ ފަހަތުގައިވާ މުޖުރިމަކީ ޓްރަމްޕްކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
