
ޑެންމާކުގެ ބައެއްގެ ގޮތުގައި އޮތް ގްރީންލޭންޑް، ގަންނަން އެމެރިކާއިން ކުރާ މަސައްކަތަށް ހުރަސްއެޅުން ހުއްޓުވަން، ވިލާތުގެ އިއްތިޙާދުގެ އަށް ޤައުމަކަށް ޑިއުޓީ ބޮޑުކުރާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ޓްރަމްޕް ސޯޝަލް މީޑިޔާގައި ވިދާޅުވީ ޑެންމާކު، ނޯވޭ، ސްވިޑަން، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ނެދަރލޭންޑްސް، ފިންލޭންޑް އަދި އިނގިރޭސިވިލާތުން އެމެރިކާއަށް އެތެރެކުރާ މުދަލުން މިހާރު ބޮޑުކޮށްފައިވާ ޑިއުޓީގެ މައްޗަށް، އިތުރު 10 އިންސައްތަ އިތުރުކުރާނެ ކަމަށެވެ. މިގޮތުން، އެމެރިކާއިން ގްރީންލޭންޑް ގަތުމާ ދެކޮޅު ހަދާނަމަ، އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހާ ހަމައަށް، އެ ޤައުމުތަކުން ނަގާ ޑިއުޓީ 25 ޕަސެންޓާ ހަމައަށް އިތުރުވަމުންދާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންނެވި ޓްރަމްޕް ދަނީ ޑެންމާކުގެ ބައެއްގެ ގޮތުގައި އޮންނަ ގްރީންލޭންޑް އިސްތިއުމާރު ކުރައްވަން ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ އުންމީދު ހާޞިލް ކުރުމާ ގުޅޭގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ 9ވަނަ ދުވަހު ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދެއްގައި އޮންނަ ގްރީންލޭންޑުން ބޭނުން ވިޔަސް ނުވިޔަސް އެމެރިކާއިން ގްރީންލޭންޑު އިސްތިއުމާރުކުރުމަށް ކޮންމެވެސް ސިފައެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. ގްރީންލޭންޑް ޗައިނާ ނުވަތަ ރަޝިޔާގެ ބާރުގެ ދަށަށް ދިޔުމަށް އޭނާ އެދިވަޑައިނުގަންނަވާ ކަމަށް ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ގްރީންލޭންޑް އިސްތިއުމާރު ނުކުރާނަމަ ނަމަ އެމެރިކާގެ އަވަށްޓެރިންގެ ގޮތުގައި އޮންނާނީ ޗައިނާ ނުވަތަ ރަޝިޔާ ކަމަށެވެ.
ގްރީންލޭންޑް އިސްތިޢުމާރުކުރަން އެމެރިކާއިން ކުރަމުންދާ މަސައްކަތް ގްރީންލޭންޑްގެ އިތުރުން ޑެންމާކުން ވެސް ތަކުރާރުކޮށް ކުށްވެރިކޮށްފައެވެ. ގްރީންލޭންޑުގެ އާބާދީއަކީ 56,000އެއްހާ މީހުން ކަމަށްވާއިރު އެމެރިކާގެ ވިސްނުން ހުރީ ކޮންމެ ރައްޔިތަކަށް 10،000އާއި 100،000 ޑޮލަރާ ދެމެދުގެ ޢަދަދަކަށް ފައިސާ ދިނުމަށެވެ. ބޮލަކަށް 100،000 ޑޮލަރުގެ ރޭޓުން ބަލާ ނަމަ ގްރީންލޭންޑު ’ގަތުމަށް’ އެމެރިކާއަށް ޚަރަދުކުރަން ޖެހޭނީ 5.6 ބިލިޔަން އެމެރިކާ ޑޮލަރެވެ. ގްރީންލޭންޑު އިސްތިޢުމާރުކޮށްފިނަމަ، އެމެރިކާ އިސްވެ އޮތް ހުޅަނގުގެ ދިފާޢީ އިއްތިޙާދު ރޫޅޭނަކަމަށް އެ އިއްތިޙާދުގެ ގިނަ މެމްބަރު ޤައުމުތަކުން ދަނީ ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
