
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގައި ކުރަމުންދާ މުޒާހަރާތަކަކީ އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ހަމަނުޖެހުމަށް މަގުފަހިކުރެއްވުމުގެ ސަބަބުން ކުރަމުންދާ މުޒާހަރާތަކެއް ކަމަށާއި، މުޒާހަރާގެ ފަހަތުގައިވާ މުޖުރިމަކީ ޓްރަމްޕް ކަމަށް އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޚާމަނާއީ ވިދާޅުވެއްޖެއެވެ. އީރާނުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހި އެ ޤައުމުގެ ރައްޔިތުން ދަނީ މިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުން ފެށިގެން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 3،000އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ބުނެއެވެ.
މުޒާހަރާތަކާ ގުޅިގެން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރަމްޕް ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް ޓްރަމްޕް ފަހުން ވަނީ މުޒާހަރާގެ ބައިވެެރިންނާ މެދު އީރާނުގެ ސަރުކާރުން އިހާނެތިކޮށް ކަންތައް ނުކުރާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އީރާނުން ބުނީ ޓްރަމްޕް ވިދާޅުވި ގޮތަށް މުޒާހަރާގެ ބައިވެރިންނާ މެދު ޢަމަލުކުރުމަށް އެ ޤައުމުން އެއްވެސް އިރެއްގައި ރާވާފައި ނެތް ކަމަށެވެ.
ޓްރަމްޕްގެ ވާހަކަތަކަށް ރައްދުދެއްވައި ފަދަ މޭރުމަކުން ޚާމަނާއި ވިދާޅުވީ މުޒާހަރާގައި ލިބިފައިވާ ގެއްލުންތަކާއި ގެއްލުނު ފުރާނަތަކުގެ ފަހަތުގައި ވަނީ ޓްރަމްޕް ކަމަށެވެ. އެމެރިކާއާއި ޔަހޫދީންގެ ހިތްވަރުދިނުމާއެކު މުޒާހަރާގެ ބައިވެރިން އިމާރާތްތަކުގައި ހުޅުޖަހައި ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން އުފައްދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤައުމާ ގުޅޭ ގޮތުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރައި ޤައުމުގެ އަގު ވައްޓަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނުން އަމިއްލަ ޤައުމު ހަނގުރާމައިގެ ތެރެއަށް ނުވައްދާނެ ކަމަށެވެ. ނަމަވެސް އީރާނުގެ ވެސް އަދި ބޭރު ޤައުމެއްްގެ ވެސް މުޖުރިމަކަށް ޢަދަބު ނުދީ ދޫނުކޮށްލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
