
އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސެނަގާލްގެ ފޯވަޑް ސާދިއޯ މާނޭ ކަމަށް ނިންމައިފި އެވެ. ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅޭ ލިވަޕޫލްގެ ކުރީގެ ފޯވަޑަށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އިނާމް ދިނީ ރޭ ކުޅުނު ފައިނަލް މެޗަށް ފަހު އެވެ. މުބާރާތުގެ ޗެމްޕިއަންކަން މޮރޮކޯ ބަލިކޮށް ހޯދީ ވެސް ސެނެގާލް އެވެ. މިއީ ހަ އަހަރު ތެރޭގައި އެ ގައުމުން މި މުބާރާތް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މާނޭ އަކީ ސެމީ ފައިނަލުގައި މިސުރ ބަލިކުރަން ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ އެވެ. އޭނާ ވަނީ ރޭގެ ފައިނަލް މެޗުގައި ވެސް މޮޅު ސޭވްތަކެއް ކޮށްފަ އެވެ. އޭނާއާ އެންމެ ބޮޑަށް ވާދަކުރީ ސެންގާލްގެ ކީޕަރު މެންޑީ އެވެ.
އެންމެ ގިނަ ލަނޑު ޖަހައިގެން މުބާރާތުގެ ރަންބޫޓު ހޯދީ މޮރޮކޯގެ ބްރެހިމް ޑިއާޒެވެ. އޭނާ ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އަމިއްލަ ގައުމަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ތަށި ހޯދައިދޭން ރޭ އެންމެ ހުސް ފުރުސަތެއް ލިބުނީ ވެސް އޭނާ އަށެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އޭނާ ޖެހީ ކީޕަރު އަތަށެވެ. މެޗަށް ފަހު ސެނަގާލްގެ ފޯވަޑް ޕާޕާ ގުއާއީ ބުނީ ޑިއާޒް ޕެނަލްޓީ ނަގާލުމުން ސެނަގާލްގެ ކުޅުންތެރިން މެޗަށް އިތުރަށް ފޯކަސް ކުރި ކަމަށެވެ.
“އަހަރެން މި ހުރީ ވަރަށް އުފާވެފައި. މިއީ ވަރަށް އުނދަގޫ މެޗެއް. މޮރޮކޯ ޕެނަލްޓީ ނާކާމިޔާބު ކޮށްލުމުން އަހަރުމެން މެޗަށް އިތުރަށް ސަމާލުވިން. އަހަރުމެންގެ ގޭމް އިތުރަށް ރަނގަޅު ކުރިން. އޭގެ ފަހުން އަހަރެން ޖެހި ގޯލުން އަހަރުމެންނަށް މެޗު ކާމިޔާބު މި ކުރެވުނީ. ފައިނަލް މެޗެއްގައި ގޯލު ޖެހުމަކީ ވަރަށް އާދަޔާ ހިލާފު ޝަރަފެއް. މިއަށް ފަހު ސެނަގާލްގެ ޖާޒީގައި ދެ ވަނަ ތަރިއެއް (މުބާރާތް ކާމިޔާބު ކުރުމުގެ ސިއްކައެއް) ޖެހޭނެ،” ގުއާއީ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
