
(ފޮޓޯ ކްރެޑިޓްސް: ހައުސިންގ މިނިސްޓްރީ)
ސަރުކާރުގެ “ހިޔާވަހި” ޕޯޓަލް މެދުވެރިކޮށް ފްލެޓާއި ގޯއްޗަށް ކުރިމަތިލާ ފަރާތްތަކަށް، ފޯމު ހުށަހެޅުމާއެކު ލިބޭ ޕޮއިންޓުގެ ތަފްސީލް ވަގުތުން އެނގޭނެ ކަމަށް ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މި ފަހަރުގެ ސްކީމުގައި މާލެ ސަރަހައްދުން 15,000 ގޯއްޗާއި 7,900 ފްލެޓަށް ހުޅުވާލާފައިވާއިރު، ކުރިމަތިލެވޭނީ ކޮންމެވެސް އެއް ސްކީމަކަށެވެ. މީގެ އިތުރުން މީގެ ކުރިން ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ލިޔުން ލިބި، ފްލެޓް ނުލިބި ތިބި މީހުންނަށްވެސް މި ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ “ޢާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލެވިފައި
އެޕްލިކޭޝަން ހުށަހެޅުން: https://t.co/RmhurERkNa #BoahiyaavahikanEmmennah… pic.twitter.com/UBwQ3W9Mq2
— Ministry of Construction, Housing & Infrastructure (@MoCImv) January 18, 2026
ވަޒީރު އިތުރަށް ވިދާޅުވީ، ފޯމު ހުށަހެޅުމުގައި ސައްހަ މައުލޫމާތު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ހުށަހަޅާ މައުލޫމާތުތައް ސަރުކާރުން ވަރަށް ބޮޑަށް ކަށަވަރު ކުރާނެ ކަމަށެވެ. އަދި އަވަސް އަރުވާލައިގެން ފޯމު ހުށަހެޅުމުގެ ބަދަލުގައި، ލިޔެކިޔުންތައް ހަމަކޮށްގެން ފޯމު ފުރުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ. ގޯއްޗަށް އެދުމުގެ ސުންގަޑިއަކީ އަންނަ މާރިޗު 4 އެވެ. އަދި ފްލެޓަށް އެދުމުގެ ސުންގަޑިއަކީ އޭޕްރީލް 17 އެވެ. ފޯމުތައް ބަލައިގަތުމަށްފަހު، ވަގުތީ ލިސްޓު ނެރޭނީ ހުށަހަޅާ މައުލޫމާތުގެ ސައްހަކަން ބެލުމަށްފަހުގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
