
ދުނިޔޭގެ އާބާދީގެ 16 އިންސައްތަ މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވާއިރު، އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް މަދުވުމަކީ ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މީގެ ކުރިން ރާއްޖޭގައިވެސް މިފަދަ ފަރާތްތަކަށް ދެމުން އައީ ހަމައެކަނި މާލީ އިނާޔަތެއް ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ މިކަމަށް ވަށާޖެހޭ ދާއިމީ ހައްލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާކީނުކޮށް، ގައުމީ ތަރައްގީގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމެވެ. މިގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރވިސްއިން 300 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު މިހާތަނަށް ފަހިކޮށްދީފައިވެއެވެ. އަދި އާންމު އިމާރާތްތަކާއި ޕާކުތަކަކީ އެފަދަ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭ ތަންތަނަށް ހެދުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ހާއްސަ ކޯޓާއެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިންކްލޫސިވް ކްލާސްރޫމްތައް ގާއިމުކުރުމާއި، ސެން ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ޕެރަލިމްޕިކް ކޮމިޓީއަށް ގާނޫނީ ބާރުވެރިކަން ދީ، ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު އެހީގެ ފުރުސަތުތައްވެސް ވަނީ ހުޅުވާލާފައެވެ. މި ހުރިހާ މަސައްކަތެއްގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ އަބުރުވެރި، ފުދުންތެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހަދައި، އެންމެން ޝާމިލުވާ އޯގާތެރި މުޖުތަމައެއް ބިނާކުރުމެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
