
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނާއި އެމެރިކާއާ ދެމެދު މިހާރު އުފެދިފައިއޮތް ނުތަނަވަސްކަމުގެ ޙާލަތު، އިތުރަށް ގޯސްވެ، އަސްކަރީ ވަރުގަދަ ކުރިމަތިލުމަކަށް ދިޔުމުން ސަލާމަތްކުރުމަށްޓަކައި، ޢަރަބި ގަލްފުގެ ޤައުމުތަކުން މަސައްކަތް ފަށައިފިއެވެ. އީރާންގެ ސަރުކާރާ ދެކޮޅަށް ޢާންމުން ނުކުމެ ކުރަމުންދާ މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، އެތައް ބަޔަކު ވަނީ މަރުވެފައެވެ. އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން މަރަމުންދާކަމަށް ތުހުމަތުކޮށް، އެ މީހުންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް ޙަމަލާދޭނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ސަޢުދީ ޢަރަބިއްޔާއިން ދަނީ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ މަޝްވަރާތައްކޮށް، އީރާނަށް އެމެރިކާއިން ޙަމަލާދިނުން ހުއްޓުވޭނެ މަގެއް ހޯދަމުންނެވެ. ޤަތަރާއި އޮމާނުން ވެސް ދަނީ އެމެރިކާގެ އިތުރުން އީރާންގެ ސަރުކާރާ އެކު މަޝްވަރާކޮށް، މަސްރަޙް ފިނިކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.
މިކަމަށް މި ތިން ޤައުމުން އިސް ނަގާފައިވަނީ، މިހާރު އޮތް ޙާލަތަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ބޭއްވި މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި ހުއްޓުމަކަށް އައުމާއެކު ކަމަށް ރިޕޯޓުތައް ބުންޏެވެ. އީރާންގެ މުޒާހަރާތަކުގައި މިހާތަނަށް 2،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ހިމެނޭކަމަށް އީރާންގެ ސަރުކާރުން ވަނީ ބުނެފައެވެ. އީރާންގެ ދަޢުލަތުގެ އިދާރާތަކަށް ވަދެގަތުމަށް، މުޒާހަރާގެ ބައިވެރިންނަށް ގޮވާލެއްވުމަށްފަހު، ޓްރަމްޕް ވަނީ އެމެރިކާއިން އެހީތެރިވާން ވަރަށް އަވަހަށް އަންނާނެކަމަށް ވިދާޅުވެފައެވެ.
އެމެރިކާއިން އީރާނަށް ޙަމަލާދީފިނަމަ، މުޅި ސަރަޙައްދު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލޭނެކަމުގެ ބިރު އެބައޮތެވެ. އަދި ސަޢުދީ އާއި ޔޫއޭއީ އަދި ތުރުކީވިލާތުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފައިވުމަކީ ވެސް، އެ ޤައުމުތަކުގެ ނުތަނަވަސްކަން އިތުރުވެފައިވާ ސަބަބެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
