
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގެ ސަރުކާރާއެކު މަޝްވަރާކޮށް ކަންކަމުގައި ދޫ ދިނުމަށް ބާރުއެޅުމުގެ ގޮތުން ސޫރިޔާގެ އުތުރާއި އިރުމަތީގައި އޮންނަ ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަށް ސަރުކާރުގެ ފަުއުޖުތައް ޖަމާކުރަން ފަށައިފިއެވެ. 2024ވަަނަ އަހަރުގެ ފަހުކޮޅު ސޫރިޔާގެ އޭރުގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން ސޫރިޔާގެ ވެރިކަމާ ޙަވާލުވި އަޙްމަދު އަލްޝަރާޢުގެ ވިސްނުން ހުރީ ޤައުމުގައި ބައިބައިވުން ނައްތާލުމަށެވެ. އެ ގޮތުން ކުރުދީން ހިންގާ އަސްކަރީ އަދި މަދަނީ ގުނަވަންތައް ދައުލަތުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ޝަރާޢު ބޭނުންވެއެވެ. އެ ކަމާ ގުޅޭ މަޝްވަރާތައް ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔަ ނަމަވެސް އެ ދާއިރާއިން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މަޝްވަރާ ކުރުމަށް ދީފައިވާ މުއްދަތު މިހާރު ހަމަވެފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި ވެސް ކުރުދީންނާއި އަސްކަރިއްޔާއާ ދެމެދު ހަމަނުޖެހުންތަކެއް ޙަލަބުގައި ހިނގައި، ބައެއް ކުރުދީ ހަނގުރާމަވެރިން ވަނީ އެ ސަރަޙައްދުން ފައިބާފައެވެ.
ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުން ހަނގުރާމަވެރިން ފޭބުމަށް ބާރު އެޅުމަށް ޙަލަބްއާއި ދީރުލްޒޫރްއަށް ސޫރިޔާގެ އަސްކަރިއްޔާއިން މިހާރު ދަނީ ސިފައިން އެއްކުރަމުންނެވެ. އެ ގޮތަށް ޢަމަލުކުރުމުން ވެސް ކުރުދީން އިތުރަށް މަޝްވަރާކުރުމަށް ދެކޮޅުހަދާ ނަމަަ ޙަލަބްއާއި ދީރުލްޒޫރްއަށް އަސްކަރިއްޔާއިން ޙަމަލާ ދިނުން އެކަށީގެންވެއެވެ. ކުރުދީންގެ އިސްވެރިން ވަނީ ސަރުކާރުން މި ފަދަ ގޮތަކަށް ސިފައިން ޖަމާ ކުރުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ ކަން ކުށްވެރިކޮށްފައެވެ. އަދި އަސްކަރިއްޔާ ހިމެނޭހެން އަޅާ ފިޔަވަޅުތަކުގެ ނުރައްކާއާ ގުޅޭގޮތުން ވެސް ވާހަކަދައްކާފައިވެއެވެ. ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު މަޝްވަރާގެ މަގުން ކުރިއަށް ދިޔުމަށް އެދޭ ކަމަށް ވެސް ކުރުދީން ދަނީ ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
