
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ގްރީންލޭންޑަކީ ޑެންމާކުގެ ސަރަހައްދެއްގެ ގޮތުގައި ރަޝިޔާއިން ދެކޭ ކަމަށް ޜަޝިޔާއިން ބުނެފިއެވެ. މިކަމާ ގުޅިގެން ކްރެމްލިނުން ބުނީ ބައިނަލްއަޤްވާމީ ޤާނޫނުގެ ނަޒަރަކުން ބަލާނަމަ ގްރީންލޭންޑްގެ ޖަޒީރާ ވަށައިގެންވާ ސަލާމަތީ ހާލަތަކީ “އާދަޔާ ޚިލާފު” ހާލަތެއް ކަމަށެވެ. މީގެ ކުރިން މޮސްކޯއިން ބުނެފައިވަނީ ރަޝިޔާއާއި ޗައިނާއިން ގްރީންލޭންޑަށް ނުރައްކާ ކުރިމަތިކުރުވާކަމަށް ހުޅަނގުގެ ޤައުމުތަކުން ތުހުމަތު ކުރަމުން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ސަރަހައްދުގެ މައްސަލައިން ދައްކުވައިދެނީ ހުޅަނގުގެ ބާރުތަކުގެ ވާހަކަތަކުގައި ދެކޮޅު ނުޖެހޭ ކަންކަމަށެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ދަނީ ޑެންމާކުގެ ބައެއްގެ ގޮތުގައި އޮންނަ ގްރީންލޭންޑް އިސްތިއުމާރު ކުރައްވަން ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ އުންމީދު ހާޞިލް ކުރުމާ ގުޅޭގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ 9ވަނަ ދުވަހު ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދެއްގައި އޮންނަ ގްރީންލޭންޑުން ބޭނުން ވިޔަސް ނުވިޔަސް އެމެރިކާއިން ގްރީންލޭންޑު އިސްތިއުމާރުކުރުމަށް ކޮންމެވެސް ސިފައެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. ގްރީންލޭންޑް ޗައިނާ ނުވަތަ ރަޝިޔާގެ ބާރުގެ ދަށަށް ދިޔުމަށް އޭނާ އެދިވަޑައިނުގަންނަވާ ކަމަށް ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ގްރީންލޭންޑް އިސްތިއުމާރު ނުކުރާނަމަ ނަމަ އެމެރިކާގެ އަވަށްޓެރިންގެ ގޮތުގައި އޮންނާނީ ޗައިނާ ނުވަތަ ރަޝިޔާ ކަމަށެވެ.
އެމެރިކާގެ ބާރުގެ ދަށަށް ގްރީންލޭންޑް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން އެ ޤައުމުގެ ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން އެމެރިކާއިން ސީދާ ގްރީންލޭންޑުގެ ރައްޔިތުންނަށް ފައިސާ ދިނުމާ މެދު ވައިޓް ހައުސުން ދަނީ ވިސްނަމުންނެވެ. ގްރީންލޭންޑުގެ އާބާދީއަކީ 56,000އެއްހާ މީހުން ކަމަށްވާއިރު އެމެރިކާގެ ވިސްނުން ހުރީ ކޮންމެ ރައްޔިތަކަށް 10،000އާއި 100،000 ޑޮލަރާ ދެމެދުގެ ޢަދަދަކަށް ފައިސާ ދިނުމަށެވެ. ބޮލަކަށް 100،000 ޑޮލަރުގެ ރޭޓުން ބަލާ ނަމަ ގްރީންލޭންޑު ’ގަތުމަށް’ އެމެރިކާއަށް ޚަރަދުކުރަން ޖެހޭނީ 5.6 ބިލިޔަން އެމެރިކާ ޑޮލަރެވެ. ބެލެވޭ ގޮތުގައި، އެމެރިކާއިން ގްރީންލޭންޑުގެ ރައްޔިތުންނަށް އެ ގޮތަށް ފައިސާ ދިނުމުގެ ބޭނުމަކީ، ފެންނަ ނުފެންނަ ވޯޓަކުން ގްރީންލޭންޑަށް ޑެންމާކުގެ އިޙްތިޞާސުން ވަކިވުމުގެ ފުރުޞަތު އޮތްއިރު، އެ ފަދަ ވޯޓަކަށް ނުފޫޒު ފޯރުވުމެވެ. ނަމަވެސް ގްރީންލޭންޑުގެ ރައްޔިތުންގެ 85 އިންސައްތަ މީހުން، އެ ރަށަކީ އެމެރިކާގެ ބައެއްގެ ގޮތުގައި އޮތުމަށް ނޭދޭ ކަމަށް ޚިޔާލު ހޯދާ ވޯޓުތަކުގެ ނަތީޖާއިން ދައްކައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
