
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބް އީގަލްސް ބަލިކުރުމަށް ފަހު ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށްޖެހިލައިފިއެވެ. މާޒިޔާ އިން އީގަލްސްގެ މައްޗަށް ކުރިހޯދީ 3-0 ލަނޑުންނެވެ. މި ނަތިޖާ އެކު މާޒިޔާ ވަނީ ކުޅުނު 15 މެޗުން 43 ޕޮއިންޓު ހޯދާފައެވެ. އޮޑި ދެވަނައިގަ އޮތީ14 މެޗުން 32 ޕޮއިންޓާއެކުއެވެ. އެހެންކަމުން މާޒިޔާ ދެން ކުޅޭ މެޗެއް ކާމިޔާބުކޮށްގެން ލީގު ޗެމްޕިއަންކަން ޔަގީންކުރެވޭނެއެވެ. ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާ އިން ޑޮމިނޭޓް ކޮއްގެން ކުޅުނު އިރު މާޒިޔާ އިން ވަނީ އީގަލްސްގެ ގޯލަށް ނުރައްކާ ކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް މާޒިޔާ އަށް ލަނޑު ޖަހަން އިބްރާހިމް އައިސަމް އާއި ހަމްޒާ މުހައްމަދު އަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ.
މާޒިޔާ ލީޑު ނެގީ 56 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން އޭރިއާ ތެރެއިން ކެޕްޓަން ސަމޫހު އަލީ ގޯލަށް ބޯޅަ ވައްދައިލައިގެންނެވެ. މާޒިޔަގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 79 ވަނަ މިނިޓުގައި ހަމްޒާ އޭރިއާ ތެރެއިން އަހުމަދު އަހަމް އަށް ޖައްސާލުމުން ގޯލާ ކައިރިން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑަށް ފަހު އީގަލްސްގެ މާވިން ލެބޭ މާޒިޔާގެ ސަމޫހު އަލީއަށް ކުރި ފައުލަކަށް ރެފްރީ ވަނީ މާވިން އަށް ރަތްކާޑު ދައްކާފައެވެ. މާޒިޔާ އިން ޖެހި ތިންވަނ ލަނޑަކީ އޭރިއާ ތެރެއަށް ހަމްޒާ ވަދެ އަރިމަތިން ފޮނުވާލި ބާރު ހަމަލައިން ގޯލަށް ވައްދާލި ބޯޅައެކެވެ. ހަމްޒާ މި ލަނޑުޖެހީ މެޗުގެ 85 ވަނަ މިނިޓުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
