
ސައޫދީ އަރަބިއާގެ އައް ނަސްރުގެ ސަޕޕޯޓަރުން މިހާރު ބޭނުންވަނީ އޭނާ ވިއްކާލަން ކަމަށް ބުނަން ފަށައިފި އެވެ. އުމުރުން 41 އަހަރުގެ ކުޅުންތެރިޔާއާ މެދު ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުން އިތުރުވާން ފެށީ ޖެހިޖެހިގެން އެ ޓީމު ތިން މެޗުން ބަލިވުމުންނެވެ.
މިދިޔަ ހޯމަ ދުވަހު ސައޫދީ ޕްރޯ ލީގުގައި ރޮނާލްޑޯގެ ޓީމު ބަލިވީ ޓޭބަލުގެ އެއްވަނާގައި އޮތް އަލް ހިލާލް އަތުން 3-1އިންނެވެ. މީގެ ކުރިން އައް ނަސްރު ވަނީ ޖެނުއަރީ ދެ ވަނަ ދުވަހު އަލް އަހްލީ އަތުން 3-2އިން ބަލިވެ، ޖެނުއަރީ 8ގައި އަލްގަދްސިޔާ އަތުން 2-1އިން ބަލިވެފަ އެވެ. މިހެންވެ މި އަހަރު އަދި އެ ޓީމު މޮޅެއް ނުވެ އެވެ. މިއާއެކު މި އަހަރު ވެސް ލީގު ކާމިޔާބު ނުކުރެވޭނެ ކަން ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ.
މިއާއެކު ސަޕޯޓަރުން ވަނީ ރޮނާލްޑޯ އެންމެ ފަހުން ކުޅުނު މެޗުގައި ދަނޑަށް ނުކުންނަން ފެށުމުން އޭނާއާ އެންމެ ވާދަވެރި ކުޅުންތެރިޔާ އާޖެންޓީނާގެ ލަޔޮނަލް މެސީ އަށް ސަޕޯޓްކޮށް އޭނާގެ ނަމުން އަޑުހަރުކޮށް ގޮވާ ހަދައިފަ އެވެ. މިކަމާ ރޮނާލްޑޯ މާބޮޑަކަށް އަޅާނުލަ އެވެ. ރޮނާލްޑޯ ވިއްކާލަން ސޯޝަލް މީޑިއާގައި ގޮވާލާ ސަޕޯޓަރުން ބުނަނީ މައިގަނޑު ތިން ކަމެކެވެ. އެއީ އޭނާ ހުރެގެން ތިން އަހަރުވީ އިރު ތައްޓެއް ނުލިބުމާއި ބައެއް މެޗުތަކަށް ދަނޑު ފުލްނުވުމާއި ރޮނާލްޑޯ ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގައި އޭނާ ބުނި ފަދައިން ކުލަބަށް ކާމިޔާބީ ހޯދައި ނުދެވުމެވެ.
ނަމަވެސް މިކަމާ ދެކޮޅު ހަދާ ސަޕޯޓަރުން ވެސް އެބަތިއްބެވެ. އެއް ބަޔަކު ބުނަނީ ޕޯޗުގަލްގެ ކެޕްޓަންގެ ސަބަބުން އައް ނަސްރު މުޅި ދުނިޔޭގައި އިސްތިހާރުވެއްޖެ ކަމަށާއި ރޮނާލްޑޯގެ ފުށުން ލިބޭ ފައިދާ މަދެއް ނޫން ކަމަށެވެ. އަދި އޭނާ ދޫކޮށްލައިފިނަމަ އައް ނަސްރަށް މިހާރު ލިބޭ ސަމާލުކަން ދުނިޔޭގައި ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.
ރޮނާލްޑޯ އައް ނަސްރާއެކު ހަދާފައިވާ އެއްބަސްވުން ނިމޭނީ 2027 ވަނަ އަހަރު އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
