
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބުގެ އަމާޒަކީ ގަދަ ތިނެއްގެ ތެރޭގައި ހިމެނުން ކަމަށާއި، ކޮންމެ މެޗަކަށްވެސް ނުކުންނަނީ މޮޅުވުމުގެ ރޫހުގައި ކަމަށް އެޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ. ކުލަބު ގްރީން ސްޓްރީޓްސް އަތުން 3-1 އިން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ނިޒާމްބެ ފާހަގަކުރީ ވަކި ޓީމަކަށް ޓާގެޓް ކުރުމުގެ ބަދަލުގައި، ކުޅުންތެރިންގެ ކިބައިގައި މޮޅުވުމުގެ ވިސްނުން އަށަގެންނެވުމަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
ލީގު ތާވަލުގެ ހަތަރުވަނައިގައި މިވަގުތު އޮތް ބުރުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކުޅުންތެރިންނަށް އަނިޔާނުވެ ސީޒަން ނިންމާލުމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ތިބުމަށްފަހު ސީޒަނާ ކުރިމަތިލުމުން އަނިޔާގެ ބިރު އޮތް ނަމަވެސް، މިހާތަނަށް ޓީމުގެ ފިޓްނަސް ރަނގަޅު ކަމަށް ކޯޗު ބުންޏެވެ. އަދި ޓީމުގެ މުހިންމު ކުޅުންތެރިން ފިޓްވަމުން އައުމަކީ ލިބޭ ބޮޑު ހިތްވަރެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. ކުރިއަށް އޮތް ވިކްޓްރީ މެޗަކީ އުނދަގޫ “ޓެކްޓިކަލް” ހަނގުރާމައަކަށް ވާނެތީ، އެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
