
(ފޯތ ކްރެޑިޓްސް: އެމްއޭސީއެލް)
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ގެދޮވެރިވެރިކަމާބެހޭ ވުޒާރާއިން ކުރިން ކަނޑައަޅާފައިވަނީ މިއަދެވެ. އެހެން ނަމަވެސް މާލޭ ސަރަޙައްދުން ދޫކުރާ ބިމާއި ފްލެޓަށް އެދި ވަރަށް ގިނަ ފަރާތްތަކަކުން އެޕްލައިކުރާނެ ކަމަށް ލަފާކުރެވޭތީއާއި ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މަޢުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ، ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް 18 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި ޕޯޓަލް ޢާންމުކޮށް ހުޅުވަން ނިންމާފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ނޫސްބަޔާން:
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ، “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގެ ދަށުން މާލޭ ސަރަޙައްދުން ބިމާއި ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުމާ ގުޅޭ pic.twitter.com/kx98Ix0Dqu
— Ministry of Construction, Housing & Infrastructure (@MoCImv) January 15, 2026
“ބޯހިޔާވަހިކަން އެންމެނަށް” ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ ޢާއްމުކޮށްފައެވެ. މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ސްކީމަށް ފޯމު ހުށައެޅުމަށް ހުޅުވާލަން އެންމެ ފުރަތަމަ ނިންމީ، ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ފަހުން އެ މުއްދަތު ޖެނުއަރީ 15 ވަނަ ދުވަހަށް ފަސްކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން އުސޫލަށް ބައެއް އިސްލާޙުތައް ގެނައުމަށެވެ. އެގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ ފްލެޓާއި ގޯތި ދޫކުރާ އުސޫލަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އުސޫލަށް ގެނެވުނު މުހިންމު އެއް ބަދަލަކީ، ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު ދިނުމެވެ. މީގެ އިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.
މިފަހަރުގެ ސްކީމުގައި މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ޚާއްޞަ ކެޓަގަރީތަކެއް ވަނީ ހިމަނާފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އިލްތިމާސްކުރަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޙާލަތާ އެންމެ އެކަށީގެންވާ އެއް ކެޓަގަރީއަކުން ފޯމު ހުށައެޅުމަށެވެ. އަދި ފޯމު ހުށައެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް އޮންލައިންކޮށް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ. މީގެ ކުރީގެ ސްކީމްތަކަށް ހުށައެޅުމުގައި އެންމެ ގިނަ ބަޔަކަށް މައްސަލަ ކުރިމަތިވީ މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމުގައެވެ. މިފަހަރުގެ އުސޫލުތައް ބުނާ ގޮތުންވެސް ފްލެޓް އަދި ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ. މި މުއްދަތު ބަލާނީ، 14 ޖެނުއަރީ 2026ގެ ނިޔަލަށެވެ. އަދި ޚާއްސަ ޚާލަތާ ގުޅިގެން މެދުކެނޑުމެއް އައިނަމަ، އޭގެ ސަބަބު ބަޔާންކޮށް ލިޔެކިޔުން ހުށައަޅަން ޖެހޭނެއެވެ.
ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ، އެމީހެއްގެ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށެވެ. ފޯމުގައި ޢާއްމު މަޢުލޫމާތާއި، އާއިލާއާއި ދިރިއުޅުމުގެ ޙާލަތު އަދި ވަޒީފާއާއި އާމްދަނީގެ މަޢުލޫމާތުވެސް ހިމަނަން ޖެހޭނެއެވެ. އަދި މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމަށް، އެކަމަށް ބޭނުންވާ ލިޔެކިޔުންތައްވެސް ހިމަނަންވާނެއެވެ. ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި މާކްސް ދޭނެ އުސޫލުވެސް ގެޒެޓުގައި ވަނީ ހިމަނާފައެވެ. ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ، 14 އޭޕްރީލުގެ ނިޔަލަށެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
