
(ފޮޓޯ ކްރެޑިޓްސް: ޑީއެންއާރު)
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) އިން ބަލަހައްޓަމުންގެންދާ ދިވެހި ރައްޔިތުންގެ މަޢުލޫމާތު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)އާ ޙިއްސާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ އަންގާރަ ދުވަހުއެވެ. މި އެއްބަސްވުމުގެ މަޤްސަދަކީ، ބޭންކުގެ ޚިދުމަތް ހޯދާ ކަސްޓަމަރުންގެ މަޢުލޫމާތު، ޑީއެންއާރުގެ އޭޕީއައި ލިންކް މެދުވެރިކޮށް ވެރިފައި ކުރުމެވެ. ޑީއެންއާރުން ބަލަހައްޓަމުން ގެންދާ މަޢުލޫމާތު ވެރިފައިކުރުމުން، ބޭންކުން ޢާއްމު ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަވަސްވެ އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ޑީއެންއާރުން ވިދާޅުވިއެވެ.
ޑީއެންއާރާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ދެމެދު މައުލޫމާތު ޙިއްސާ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ އެ ބޭންކުގެ ޚިދުމަތްތައް އީފާސް މެދުވެރިކޮށް އޮންލައިކޮށް ލިބޭނެ ގޮތް ހަދާފައެވެ. އަދި އެކައުންޓު ހެދުން ފަދަ ޚިދުމަތްތައް އޮންލައިކޮށް ދޭ ގޮތަށް ނިޒާމު ފަރުމާކުރެވި ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. ޑީއެންއާރުން 2025 ވަނަ އަހަރުވެސް ބޭންކު އޮފް މޯލްޑިވްސްއާއި މަޢުލޫމާތު ޙިއްޞާ ކުރުމުގެ މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
