
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް، މިދިޔަ އަަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒު ކުރުމަށް އެމެރިކާއިން ތައްުޔާރުވެއްޖެއެވެ. އެމެރިކާއިން އިސްވެ އޮވެ ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޤާއިމުކުރި އެއްބަސްވުމުގެ ދެވަނަ މަރުހަލާ ވަރަށް އަވަހަށް ފަށާނެކަމަށް އެމެރިކާއިން ބުނި ނަމަވެސް، އެެއްބަސްވުުމުގެ ފުރަތަމަ މަރުހަލާގެ މުހިންމު ޝަރުތުތަކެއް އަދިވެސް ހުރީ ފުރިހަމަ ނުވެއެވެ. އެގޮތުން ޔަހޫދީންގެ ޙަމަލާތައް އަދިވެސް ދަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް އަމާޒުވަމުންނެވެ. އަދި އެއްބަސްވުމުގެ ދަށުން ހުޅުވައިލަންޖެހޭ ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ރަފަޙް ހުރަސް ޔަހޫދީން އަދިވެސް ހުޅުވާލައިފައެއް ނުވެއެވެ.
އެމެރިކާއިން ބުނީ ޣައްޒާގެ ހިންގުމާ ޙަވާލުވާ ބޯޑް އޮފް ޕީސްގެ މެންބަރުން ވަރަށް އަވަހަށް އިޢުލާނުކުރާނެ ކަމަށެވެ. އެ ބޯޑުގައި ހިމެނޭނީ ސިޔާސީ ވެރިންގެ ބަދަލުގައި ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުން ކަމަށް އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފް ވަނީ ވިދާޅުވެފައެވެ. 15 މެންބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާނީ ފަލަސްތީނިއަން އޮތޯރިޓީ، ޕީއޭގެ ކުރީގެ ނައިބު ވަޒީރެއް ކަމަށްވާ ޢަލީ ޝާތުއެވެ. އެ ބޯޑުގައި ޕްރައިވެޓް ސެކްޓާއާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ނިސްބަތްވާ މަންދޫބުން ވެސް ހިމެނޭނެއެވެ. އެ މެންބަރުން ކަނޑައަޅާނީ އދގެ ކުރީގެ މަންދޫބެއް ކަމަށްވާ ނިކޮލޭ ލަޑެނޮވްގެ އެހީތެރިކަމާއެކުގައެވެ. އެ ބޯޑުގައި ޙަމާސްގެ އެއްވެސް މަންދޫބަކު ނުހިމެނޭނެއެވެ.
ވިޓްކޮފް ވިދާޅުވީ އެ ބޯޑު ޤާއިމްކުރުމާއެކު ޙަމާސްއިން ހަތިޔާރު ބެހެއްޓުމުގެ ޝަރުތު ފުރިހަމަ ކުރުމާއި ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ނަމަވެސް ޔަހޫދީ ސިފައިން ޣައްޒާއިން ނުފައިބާހާ ހިނދަކު ޙަމާސްއިން ހަތިޔާރު ބެހެއްޓުމަށް ދެކޮޅުހަދަމުންދާއިރު، އެެމެރިކާއިން އެ ކަން ހާޞިލް ކުރާނީ ކިހިނެތް ކަމެއް ސާފެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
