
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
75 ޤައުމަކަށް ނިސްބަތްވާ ހިޖުރަވެރިންނަށް އެމެރިކާގެ ވިސާ މި ވަގުތަށް ދޫނުކުރާނެ ކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިޢުލާނުކުރައްވައިފިއެެވެ. އެމެރިކާއިން އެ ފަދަ ފިޔަވަޅެއް އެޅުމަށް ނިންމާފައި ވަނީ އިމިގްރޭޝަންގެ ދާއިރާއިން އެ ޤައުމުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކެއްގެ ދަށުންނެވެ. މި ނިންމުމުގެ އަސަރުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސޮމާލިޔާއާއި އީރާނާއި ރަޝިޔާއާއި އަފްޣާނިސްތާނާއި ނައިޖީރިޔާއާއި ޔަމަނާއި ތައިލްންޑާއި ބްރެޒިލް ވެސް ހިމެނެއެވެ. މި ގޮތަށް ވިސާ ދޫކުރުން މެދުކަނޑާލައިނީ ޖަނަވަރީ މަހުގެ 21ވަނަ ދުވަހުން ފެށިގެން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެމެރިކާގެ ރައްޔިތުންގެ ފައިސާ އެހެން ޤައުމުތަކުގެ ހިޖުރަވެރިންނަށް ޚަރަދު ކުރުމަށް އެ ޤައުމުން ނޭދޭ ކަމަށް ޚާރިޖީ ވުޒާރާއިން ފޮނުވި މެމޯއެއްގައި ބުނެފައިވެއެވެ. އަދި އެމެރިކާގެ ރައްޔިތުންގެ ފައިސާ ހިިޖުރަވެރިންނަށް ޚަރަދުކުރަން ނުޖެހޭނެކަން ކަށަވަރުވަންދެން އެ ޤައުމުތަކުގެ ހިޖުރަވެރިންނަށް ވިސާ ދޫނުކުރާނެ ކަމަށް އެމެރިކާއިން ބުނެއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 100،000އަށް ވުރެ ގިނަ މީހުންނަށް ދޫކޮށްފައިވާ ވިސާ ވަނީ ބާޠިލްކޮށްފައިވެއެވެ. އަދި ވިސާ ދޫކުރުމާ ގުޅޭ ހަރުކަށި ފިޔަވަޅުތަައް ވެސް އަޅާފައިވެއެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ ތިންވަނަ ދުނިޔެއަށް ނިސްބަތްވާ ޤައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ހިޖުރަކުރުން ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
