
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެމެރިކާއިން އެ ޤައުމާ ދެކޮޅަށް ދެމުންދާ އިންޒާރުތަކާއި އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، އީރާނުން އެމެރިކާއާއެކު މުއާމަލާތުކުރުން ހުއްޓާލައިފިއެވެ. އީރާނުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީ އެ ކަމާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މުޒާހަރާތައް މިހާރު އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގައި، މުދަލަށް ބޮޑެތި ގެއްލުންތައް ދީފައިވެއެވެ. އަދި ހަމަނުޖެހުންތަކުގައި 2،600އެއްހާ މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ. މުޒާހަރާތައް ހުއްޓުވަން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާނަމަ، މުޒާހަރާގެ ބައިވެރިންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް އަރާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަނީ ތަކުރާރުކޮށް ދެއްވަމުންނެވެ. ނަމަވެސް މި އިންޒާރުތަކަށް އަމަލުކުރައްވައިފިނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
އީރާނުން ހަނގުރާމަކުރުމަށް ތައްޔާރަށް އޮތް ނަމަވެސް މަޝްވަރާގެ މަގުން ކަންކަން ޙައްލު ކުރުމަށް ޝައުޤުވެރިވާ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް އޭގެ ފަހުން ޓްރަމްޕް ވަނީ އީރާނާއެކު ވިޔަފާރިކުރާ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ އިތުރު ޓެކުހެއް ނަންގަވާނެ ކަމަށް ޢިޢުލާނުކުރައްވައިފައެވެ. މައްސަލަ މިހާރު އިތުރަށް ގޯސްވެ އީރާނުން އެމެރިކާއާ އެކު މުއާމަލާތު ކުރުން ހުއްޓާލައިފައިވާއިރު، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީއާއި އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފްއާ ދެމެދު ދެކެވެމުން ދިޔަ ވާހަކަތައް ވަނީ މެދުކެނޑިފައެވެ. އީރާނުގެ ސަރުކާރުން އެ ޤައުމުގައި ހަަމަނުޖެހުން އުފައްދާ މީހުން ސިފަކޮށްފައި ވަނީ ނިރުބަވެރިންގެ ގޮތުގައެވެ. އެ ޤައުމުން ވަނީ އެމެރިކާއާއި ޔަހޫދީން އެ ޤައުމުގައި ހަމަނުޖެހުން އުފައްދައި ޤައުމު ހަލަބޮލި ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އެ ޤައުމުގައި ވަރުގަދަ މުޒާހަރާތައް ކުރި ނަމަވެސް ސަރުކާރު ބަލިކަށިވެފައި ނުވާ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.
މި ޙާލަތުގައި އީރާނުން އެމެރިކާގެ އަސްކަރީ މަޒުކަޒުތަކަށް ދީފާނެ ޙަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއިން ދަނީ މެދުއިރުމަތީގައި ހުރި އެ ޤައުމުގެ ބައެއް އަސްކަރީ މަރުކަޒިތަކުގައި ޙަރަކާތްތެރިވާ ބައެއް ސިފައިން ޤައުމަށް އަނބުރާ ގެންދަން ފަށައިފައެވެ. އެ ގޮތުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ ޤަޠަރުގައި ހުންނަ އަލް ޢުދައިދު ވައިގެ މަރުކަޒުން އީރާނު މައްސަލައާ ގުޅިގެން ސިފައިން ބޭލުމުގެ މަސައްކަތް ކުރިއަށްދާ ކަން ޤަޠަރުން ވަނީ ކަށަވަރުކޮށްދީފައެވެ. ވިލާތުގެ ބައެއް އިސް ފަރާތްތަކުން ފާހަގަކުރި ގޮތުގައި މިހާރުގެ ޙާލަތު އޮތް ގޮތުން ބޮޑަށް ބުރަވެވެނީ އެމެރިކާގެ އަސްކަރީ ޙަމަލާއެއް އީރާނަށް ވަރަށް އަވަހަށް އަމާޒުވާނެ ކަމަށް ކަމަށެވެ. އެ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ޙަަމަލާއެއް ދިނުން އެކަށީގެންވާ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
