
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލުބްނާންގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކުގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންނަން ކުރަމުންދާ މަސައްކަތް ފުޅާކުރާނަމަ، އިތުރު ހަމަނުޖެހުންތައް ހިނގައި، ދާޚިލީ ހަނގުރާމައެއް ފެށުމުގެ ނުރައްކާބޮޑުކަމަށް، އެ ޤައުމުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲ އިން ބުނެފިއެވެ. ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކުގެ ހަތިޔާރު އަތުލުމަށް ޔަހޫދީންނާއި އެމެރިކާއިން ލުބްނާންގެ ސަރުކާރަށް މަޖުބޫރު ކުރުވަން ފަށާފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އެއީ، ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވުމެއް އެކުލަވައިލުމާ އެކުގައެވެ. ޙިޒްބުﷲއިން ޤަބޫލުކުރާ ގޮތުގައި، އެ އެއްބަސްވުމުގެ ދަށުން ހަތިޔާރު ބަހައްޓަންޖެހޭނީ ޔަހޫދީންގެ ދަޢުލަތާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިން، ލުބްނާންގެ އެންމެ ދެކުނުގެ ސަރަޙައްދުތަކުގައެވެ.
ޙިޒްބުﷲގެ އިސް އޮފިޝަލެއް ކަމަށްވާ މަޙްމޫދު ޤިމާތީ ރަޝިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ، ހަތިޔާރު އަތުލުމަށް ލުބްނާންގެ ސަރުކާރުން ކުރާ މަސައްކަތް ފުޅާކުރުން، ބޮޑު ޖިނާޢީ ކުށެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިގޮތުން، އެކަމުގެ ސަބަބުން ލުބްނާންގައި ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް އިތުރު، ދާޚިލީ ހަނގުރާމައަކަށް ބަދަލުވުމުގެ ނުރައްކާ ބޮޑުކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ. ލުބްނާންގެ ދެކުނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތުގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެވި، އެ ސަރަޙައްދުތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާކަމަށް ލުބްނާންގެ ސަރުކާރުން ވަނީ ބުނެފައެވެ. އަސްކަރިއްޔާއިން ރާވާފައިވަނީ، ލުބްނާންގެ ދެކުނުގައި ގެންގުޅޭ ހަތިޔާރުތައް ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެ މަސައްކަތް އެހެން ސަރަޙައްދުތަކަށް ފުޅާކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
