
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވެނެޒުއެލާއިން ތެޔޮ ބޭރުކުރުން އަލުން ފެށުމާއެކު، ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ބާޒާރުގައި ތެލު އަގު މަތިނުވެ، ހިފެހެއްޓިއްޖެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ކަނޑައެޅުމުގައި ބަލާ މައި މިންގަނޑަކީ ބްރެންޓް ކްރޫޑާއި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްގެ ސާފު ނުކުރާ ތެޔޮ ފީފާގެ އަގުތަކެވެ. ފާއިތުވި ހަތަރު ދުވަހު ތެލުގެ އަގު މަތިވުމަށްފަހު، ބްރެންޓް ކްރޫޑުން ތެޔޮ ފީފާއެއްގެ އަގުން ވަނީ 20 ސެންޓު ދަށްވެ، 65.27 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައެވެ. ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްއިން ތެޔޮ ފީފާއެއްގެ އަގުން 23 ސެންޓު ތިރިވެ، ބާޒާރުގައި މިވަގުތު ހުރީ 60.92 ޑޮލަރުގައެވެ. ނަމަވެސް، އީރާންގެ ސަރުކާރާ ދެކޮޅަށް އާންމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ތެލުގެ ސަޕްލައިއަށް ކުރިމަތިވެދާނެ ނުރައްކަލުގެ ނުތަނަވަސްކަން ދުނިޔޭގެ ތެލުގެ ބާޒާރަށް އޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ ތެލު ސަޕްލައި އޮތީ ވަރަށް ބޮޑަށް ތާށިވެފައެވެ. ނަމަވެސް، އެމެރިކާ ސިފައިން ވެނެޒުއެލާއަށް އަރައި މަދޫރޯ ހައްޔަރުކޮށް ގެންދިޔުމަށްފަހު، ވަގުތީ ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކާ ގުޅިގެން، އެ ޤައުމުން ތެޔޮ ބޭރުކުރުން ވަނީ އަލުން ފެށިފައެވެ. މިގޮތުން، ގާތްގަނޑަކަށް 1.8 މިލިއަން ފީފާ ތެޔޮ ބަރުކޮށްގެން، މިދިޔަ ހޯމަ ދުވަހު ވެނެޒުއެލާއިން ދެ ތެޔޮ އުފުލާ އުޅަނދު ފުރާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިއީ ވެނެޒުއެލާގެ ވަގުތީ ސަރުކާރުން އެމެރިކާއަށް ދިނުމަށް އެއްބަސްވެފައިވާ 50 މިލިއަން ފީފާ ތެލުގެ ބައެއް ކަމަށްވެއެވެ. އީރާންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު އެ ޤައުމުގެ ތެލުގެ ސަޕްލައިއަށް ކޮށްފާނެކަމުގެ ބިރާއެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް އަރާފާނެކަމަށް ތަޖުރިބާކާރުން ވަނީ ލަފާކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
